ފިރިމީހާގެ ޖިންސީ ބަލިކަށިކަން ހުރިނަމަ ކުރެވޭނެ ބައެއް ކަންތައް އެބަހުރި: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ފިރިމީހާގެ ޖިންސީ ބަލިކަށިކަން ހުރިނަމަ ކުރެވޭނެ ބައެއް ކަންތައް އެބަހުރި: ޑރ. އިޔާޟް
ފިރިމީހާގެ ކިބައިގައި ޖިންސީ ބަލިކަށިކަން ހުރިނަމަ ކުރެވިދާނެ ބައެއް ކަންތައް އެބަހުއްޓެވެ.

"މިކަމުގައި ހައްލު ހޯދަން ތަފާތު ގޮތްތައް ހުރެއެވެ. އެގޮތުން އަނބިމީހާ އާ އެއްދާންކުރަން ފެށުމުގެ ކުރިން ކުޑަކަމު ދިއުމާއި ވުޟޫ ކުރުމާއި ޖިމާޢުވުމުގެ ކުރިން އަނބިމީހާ އާއި ލޯބިކޮށް އޭނާ ތައްޔާރުކުރުމާއި ޖިމާޢުވަމުންދާ ވަގުތުގައި އެހެނިހެން ކަންކަމަށް ފިކުރު ގެންދިއުން ފަދަ ކަންތައްތައް ހިމެނެއެވެ."

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިމޭރުމުން ވިދާޅުވެފައިވަނީ "ފިރިމީހާގެ ޖިންސީ ބަލިކަށިކަން ހުންނަނަމަ ކުރާނެ ދުޢާއެއް ނުވަތަ ކަމަށް އޮތް ހައްލަކީ ކޮބައިތޯ؟" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.

މިފަދަ ވާހަކަ ދެއްކުމަކީ ހަޑިކަމެއް ކަމަށް ބަލައި ނުދައްކައި ތިބޭވަރަށްވުރެ މި މައްސަލަ މިހާރު ވަނީ ބޮޑުވެ އިޖުތިމާޢީ މައްސަލައަކަށްވެފައެވެ. ގިނަ ކައިވެނިތައް ރޫޅުމަށް މެދުވެރިވާ މައްސަލައަކަށްވެސް ވަނީ ވެފައެވެ. އެހެންކަމުން ދީނީ ޢިލްމުވެރިންގެ ލަފާ ހޯދުމަކީ ހަމަ ކުރަންޖެހިފައިވާ މުހިންމު ކަމެކެވެ.

މިކަމަށް ހުންނަ ބޭސްތައް ކެއުމަކީ ނާރުތައް އިންތިހާއަށް ބަލިކަށިކުރާ ކަމެކެވެ. އެހެންކަމުން ބޭހާއި ނުލައި ޙައްލުކުރަން މަސައްކަތްކުރުމަށް ޑޮކްޓަރުން ގެންދަނީ އިރުޝާދުދެމުންނެވެ.
މިއަދު އޮންލައިން