ޝައްކުގެ މައްޗަކަށް ވުޟޫއެއް ނުގެއްލޭނެ: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 32ސ
ޝައްކުގެ މައްޗަކަށް ވުޟޫއެއް ނުގެއްލޭނެ: ޑރ. އިޔާޟް
ޝައްކުގެ މައްޗަށް ވުޟޫ ނުގެއްލޭނެ ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "ވުޟޫ ކުރިކަން ޔަޤީން. އެކަމަކު ވައެއް ބޭރުވިކަމާއިމެދު ޝައްކު. މިފަދަ ޙާލުގަ ރަނގަޅީ އަލުން ވުޟޫކުރުންތޯ؟ ނޫނީ އަޅުކަން ކުރުންތޯ؟" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.

ވުޟޫ ކުރުމަށްފަހު ނިޔަފަތި ކެނޑުމާއިމެދު މީހަކު ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ޑރ. އިޔާޒް ވިދާޅުވެފައިވަނީ ނިޔަފަތި ކެނޑުމަކީ ވުޟޫކުރުމާއި ގުޅުންހުރި ކަމެއް ނޫން ކަމަށެވެ. ނިޔަފަތިި ކެނޑުމަކުން ވުޟޫއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި ނިޔަފަތި ކެނޑުމަކުން ވުޟޫ ނުގެއްލޭނެ ކަމަށެވެ.
މިއަދު އޮންލައިން