މުޞްޙަފް ނައްތާލުމަށް އޮންނަ ގޮތަކީ އަންދާލުން: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
މުޞްޙަފް ނައްތާލުމަށް އޮންނަ ގޮތަކީ އަންދާލުން: ޑރ. އިޔާޟް
މުޞްޙަފް ނައްތައިލުމަށް އޮންނަ ގޮތަކީ އަންދައިލުން ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ "މުޞްހަފް ބައުވީމާ އަންދާލުމަކީ ކޮންކަހަލަ ކަމެއްތޯ؟" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.

މިހާރަކަށް އައިސް ބައުވުމުން، އަދި ބައު ނުވާ އައު މުޞްޙަފްތައްވެސް ކުނި ގޮނޑަށް އުކާލުން ފަދަ ކަންކަން އެބަކުރެއެވެ. މިފަދަ ކަންކަން ގިނައިން ކުރަނީ ގެ ސަފުކުރާއިރު ބޭނުން ނެތް ތަކެތި އުކާލުން ފަދަ ކަންކަން ކުރާއިރުއެވެ.

ދީނީ އިލްމްވެރިން ވިދާޅުވަނީ އެގޮތަށް އުކާލުން ފަދަ ކަންކަން ކުރުމަކީ ކީރިތި ޤްރްއާނަށް އިހާނެތިކޮށް ހިތުން ކަމަށެވެ. ބައުވެގެން ނައްތައިލާނަމަ ނައްތައިލަންވާނީ ކުންޏަށް ހަދައި އިހާނެތި ގޮތުގައި ނޫން ކަމަށެވެ.

މިކަމާއި ގުޅިގެން ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވިދާޅުވެފައިވަނީ ބައެއް މީހުންނަށް މުޞްޙަފް ބައުވުމުން ވެސް އަންދަން ނުކެރިގެން ކަނޑު ފެއްތުން ފަދަ ކަންކަން ވެސް ކުރާ ކަމަށެވެ. ނަމަވެސް މުޞްޙަފް ޗާޕުކޮށްފައި ހުންނަނީ ވަރަށް މޮޅު ކަރުދާހުގައިކަމަށްވާތީ ގިރިގެން ނުގޮސް ރަށްރަށަށް ލައްގާ ކަމަށެވެ. އެހެންކަމުން އެއީ އަދި މާދެރަ ނިކަމެތި ކަމެއް ކަމަށެވެ.

މިއަދު އޮންލައިން