ކެމްޕޭނު ދަތުރުފުޅަކަށް ޑރ. ޝަހީމް ކޮލަމާފުއްޓަށް ވަޑައިގެންފި

ކިޔުމަށް ހޭދަވާނީ 44ސ
ކެމްޕޭނު ދަތުރުފުޅަކަށް ޑރ. ޝަހީމް ކޮލަމާފުއްޓަށް ވަޑައިގެންފި
މިއަހަރުގެ ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްލުލް ޤައްޔޫމް އަށް ތާއީދު ހޯއްދެއްވުމަށް އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް ގއ. ކޮލަމާފުއްޓަށް ވަޑައިގެންފިއެވެ.

މިއަދު ހެނދުނު ކޮލަމާފުއްޓަށް ވަޑައިގެން ދރ. ޝަހީމް ވަނީ އެރަށުގެ ޕީޕީއެމް މެމްބަރުންނާއި ބައްދަލު ކުރައްވާފައެވެ.

ޑރ. ޝަހީމްގެ މިދަތުރުފުޅުގައި އެރަށުގެ ގޭގެއަށް ޒިޔާރަތް ކުރުމަށް ވެސް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރިޔާސީ އިންތިހާބަށް ކެމްޕޭނު ކުރުމަށް ޑރ، ޝަހީމް މިދިޔަ ބުރާސްފަތި ދުވަހު ގއ. ގެ ރަށްތަކަށް ފައްޓަވާފައިވާ މިދަތުރުފުޅުގައި، އިއްޔެވަނީ އެއަތޮޅު ވިލިނގިއްޔަށް ވެސް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވާފައެވެ.

ކޮލަމާފުށީގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށްފަހު މާދަމާ އެއަތޮޅު ދެއްވަދޫއަށް ޑރ. ޝަހީމް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.
މިއަދު އޮންލައިން