ރީކޯ މޫސަގެ ބާރު މެކުހަށް އަރާ އިމިގްރޭޝަނުގެ މުވައްޒިފުންނަށްވެސް ބިރުދައްކާ، އަމުރު ކުރަން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ރީކޯ މޫސަގެ ބާރު މެކުހަށް އަރާ އިމިގްރޭޝަނުގެ މުވައްޒިފުންނަށްވެސް ބިރުދައްކާ، އަމުރު ކުރަން ފަށައިފި
ރީކޯ މޫސަގެ ބާރު މެކްހަށް އަރައި އިމިގްރޭޝަނުގެ މުވައްޒިފުންނަށްވެސް ބިރު ދައްކައި އަމުރު ކުރަން ފަށައިފިއެވެ.

ނަން ހާމަ ނުކުރުން ޝަރުޠުކޮށް އިމިގްރޭޝަނުގެ މުވައްޒިފަކު ބުނީ މިދިއަ ހަފްތާގައި މޫސަގެ ކުންފުނިން ދިރުވާލަން އުޅުނު އުޅަނދެއް ފުރުވާލަން ބޭނުންވާ އިމިގްރޭޝަން ހުއްދަތައް ލިބުން ލަސްވެގެން މުވައްޒިފުންނަށް ގުޅައި މަޤާމުގެ ބިރުވެސް ދައްކައި ހެދި ކަމަށެވެ.

އޮފިޝަލް ބުނީ ކަންކަން ކުރަން ބޭނުންވާ ލިޔުންތައް ލިބުމުން އިމިގްރޭޝަނުން އެންމެންނަށްވެސް ހަމަ އެއް އުޞޫލަކުން ޚިދުމަތް ދެމުން ގެންދާ ކަމަށެވެ. ޚިދުމަތް ދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެން ގުޅޭ ކަމަށެވެ.

"މޫސަ ރޭސްވީ ކަސްޓަމުން ލިބެންޖެހޭ ލިޔުންތައް ހުށަނާޅަނީސް ފުރަން ކްލިއަރަންސް ނުދީގެން. ދެން ކިތަންމެ ވަރަކަށް ރޭސްވިނަމަވެސް ލިޔުންތައް ހަމަކޮށް ނުދެނީސް އަޅުގަނޑުމެން ކިހިނެއްތޯ ކްލިއަރެންސް ދޭނީ.؟ ދެން ޤަވާއިދުގަ އޮންނަ ގޮތަށް ކަންތައް ކޮށްގެން ވަޒީފާއިން ވަކިކުރި ނަމަވެސް ކުރާނެ ކަމެއް ނެތް. ރިޒްޤް ދޭނީ ރީކޯ މޫސައެއް ނޫން!" ކަމަށްވެސް އޮފިޝަލް ބުނެފައިވެއެވެ.
މިއަދު އޮންލައިން