ދީނީ ކަންކަމުގައި ފަރުވާ ކުޑަކުރުމަކީ ޑިޕްރެޝަންގެ މައްސަލަތައް ކުރިމަތިވެދާނެ ކަމެއް: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ދީނީ ކަންކަމުގައި ފަރުވާ ކުޑަކުރުމަކީ ޑިޕްރެޝަންގެ މައްސަލަތައް ކުރިމަތިވެދާނެ ކަމެއް: ޑރ. އިޔާޟް
"ޑިޕްރެޝަން މައްސަލަތައް ކުރިމަތިވުމަށް ދެބައިވެސް އެބައޮތް. ޞިއްޙީ ކަމެއްގެ ސަބަބުން ވެސް ކުރިމަތިވެދާނެ. އަދި ދީނީ ކަންކަމުގައި ފަރުވާ ކުޑަކުރުމުން ވެސް ކުރިމަތިވެދާނެ" ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޑޮކްޓަރުން ބުނާގޮތުގައި ހޯމޯންސްތަކަށް ދިމާވާ މައްސަލައަކުން ވެސް ޑިޕްރެސަންގެ މައްސަލައެއް ކުރިމަތިވެދާނެއެވެ. އެހެންކަމުން އެއީ ޞިއްޙީ މައްސަލައެއް ކަމަށް ބަލައިގެން ފަރުވާ ކުރެއެވެ.

ދީނީ ޢިލްމްވެރިން ވިދާޅުވަނީ ޑިޕްރެޝަންގެ މައްސަލަތައް ކުރިމަތިވާ އެއް ސަބަބަކީ އިސްލާމް ދީނުގެ ކަންކަމަށް ފަރުވާ ކުޑަކުރުން ކަމަށެވެ. އެފަދަ މީހުންގެ އަޤީދާ ބަލިކަށިވެފައިވުމަކީ މައްސަލަ ކުރިމަތިވާ ސަބަބު ކަމަށެވެ.

"ހެޔޮ މިންވަރާއި ނުބައި މިންވަރަށް" އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެކަން ހިތުގެ އަޑިން ޤަބޫލުކޮށް ޢަމަލުކުރަމުން ގެންދާ މީހަކަށް ޑިޕްރެޝަންގެ މައްސަލަތައް ކުރިމަތިވުމަކީ ވަރަށް ދުރުކަމެއް ކަމަށް ދީނީ ޢިލްމުވެރިން ފާހަގަކުރައްވައެވެ.
މިއަދު އޮންލައިން