ސައްޔިދުލްއަސްތަޣްފާރުގެ ފައިދާ - ދުޢާ ކިޔައިގެން ހުއްޓާ މަރުވެއްޖެނަމަ ސުވަރުގެ ވަންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ސައްޔިދުލްއަސްތަޣްފާރުގެ ފައިދާ - ދުޢާ ކިޔައިގެން ހުއްޓާ މަރުވެއްޖެނަމަ ސުވަރުގެ ވަންނާނެ!
"ސައްޔިދުލްއަސްތަޣްފާރު" ދުޢާ ހެނދުނު ކިޔައިގެން ހުއްޓާ ހަވީރުވުމުގެ ކުރިން މަރުވެއްޖެނަމަ ސުވަރުގެ ވަންނާނެއެވެ. އަދި ހަވީރު މިދުޢާ ކިޔަގެން ހުއްޓާ އަނެއް ދުވަހުގެ ހެނދުނުވުމުގެ ކުރިން މަރުވެއްޖެނަމަ ސުވަރުގެ ވަންނާނެއެވެ."

މިއީ ޞަހީޙް ބުޚާރީގައި ބަޔާންކުރައްވާފައިވާ ޙަދީޘްފުޅެކެވެ.

ޝައްދާދް ބިން އައުސް (ރޢ) ގެ އަރިހުން ރިވާވެގެންވެއެވެ. (ސައްޔިދުލްއަސްތަޣްފާރު) ދުޢާއަކީ ފާފަ ފުސްސެވުން އެދި ކުރަން އެންމެ ރަނގަޅު ދުޢާ ކަމަށް ކައުއިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރެއްވެވިއެވެ.

ދުޢާ:

اَللّٰهُمَّ اَنْتَ رَبِّيْ ، لَا اِلٰهَ اِلَّا اَنْتَ خَلَقْتَنِيْ وَاَنَا عَبْدُكَ ، وَاَنَا عَلَی عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ اَعُوْذُ بِكَ مِنْ شَرِّ مَا صَنَعْتُ ، اَبُوْءُ لَكَ بِنِعْمَتِكَ عَلَيَّ ، وَ اَبُوْءُ بِذَنْبِي ، فَاغْفِرْ لِيْ ، فَاِنَّهُ لَا يَغْفِرُ الذُّنُوْبَ اِلَّا اَنْتَ

އައްޝައިޚް ޖައްފަރު ފާއިޒް ވިދާޅުވީ މިޙަދީޘްފުޅުގައިވާ ފަދައިން ފައިދާކުރާނީ ދުޢާގައި ތިމާ އިޤްރާރްވާ ފަދައިން އަމަލުކުރުންމަތީގައި ދެމިހުންނަ މީހަކަށެވެ.

ގުޅުންހުރި ލިޔުން:
މިއަދު އޮންލައިން