އަނބިން ޚިޔާނާތްތެރިވާނަމަ އޮތީ 3ފަށް ވަރިން ވަރި ކުރުން ނޫނީ މެރުން: ރިޔާޟް މުޙައްމަދު
3ފަށް ވަރިން ވަރިކުރުމުގެ މައްސައިލައިގެ ބަހުސް އިންޑިއާގައި ހޫނުވެ އެގޮތަށް ވަރިކުރުން ހުއްދަކުރަން މަސައްކަތްކުރާ ސަމްވާޖީ ޕާޓީގެ ލީޑަރު ރިޔާޟް މުޙައްމަދު އިއްޔެ ބުނެފައިވަނީ އަނބިން ޚިޔާނާތްތެރިވާނަމަ އޮތީ 3ފަށް ވަރިން ކުރުން ނޫނީ މެރުން ކަމަށެވެ. އަދި 3ފަށް ވަރިން ވަރިކުރަނީ ނުމަރަންވެގެން ކަމަށެވެ.
މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ބުނެފައިވަަނީ ހިތަށް އަރާއިރަށް 3 ފަށްވަރިން ވަރިކުރުމަށްވުރެ އަނބިމީހާ މަރައިލުން ވެސް މާރަނގަޅު ކަމަށެވެ. "3ފަށް ވަރިން ވަރިކުރަނީ ހަމައެކަނި ޚިޔާނާތްތެރިވާތީއެއް ނޫން. ވަރަށް އާދައިގެ ކުދިކުދި ކަންކަމުގައިވެސް ހަމަ ރުޅިއައިސް 3 ފަށްވަރިން އެބަ ވަރިކުރޭ. މިއީ އަނބިންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް."
ބައެއް ފަރާތްތަކުން ބުނެފައިވަނީ 90 މައްސަލަތަކަށް ބަލައިފިނަމަ ޚިޔާނާތްތެރިވަނީ ވެސް ފިރިމީހާ ކަމަށެވެ. ނަމަވެސް އަންބެއްގެ ކިބައިން ކަމެއް ފެނިއްޖެނަމަ އެކަން ބޮޑުކަމަކަށް ހަދައި ބޮޑެތި ގެއްލުންތައް ދެނީ ކަމަށެވެ.
މުސްލިމް ބައެއް ލީޑަރުން ބުނެފައިވަނީ މިސަރުކާރުން 3ފަށް ވަރީގެ މާބޮޑު ކަމަކަށް ހަދައިގެން އުޅެނީ މުސްލިމް އަންހެނުންނަށް މާއޯގާތެރި ސަރުކާރެއް ކަމަށް ދައްކައިގެން މުސްލިމް އަންހެނުންގެ ތާއީދު ހޯދަން ކަމަށެވެ. ވަރިކުރާ ނިޞްބަތަށް ބަަލައިފިނަމަ ވަރިކުރުން މުސްލިމުންނަށްވުރެ ހިންދޫންގެ މެދުގައި ގިނައިރުވެސް އެކަމާާއި ސަރުކާރުން ކަންބޮޑުނުވާކަންވެސް ދަނީ ފާހަގަކުރަމުންނެވެ.
"3ފަށް ވަރިކުރާތީ ސަރުކާރުން ކަންބޮޑުވަނީ. ފިރިމީހާ ދަރިންނަށް ކިރުދޭން ގޭގައި ގެންގުޅެން ގެރިއެއް ގެންނަތަން ފެނުނީމާ ތަޅައި މަރާލުމުން އަނބިމިހާ ހުވަފަތްވެ ދަރިން ނިކަމެތިވާތީ ކަންބޮޑެއް ނުވޭ. މިއީ ދެން ކިހާ ހެއްވާ ކަމެއް؟" ކަމާއިމެދުވެސް ބައެއް ލީޑަރުން ވަނީ ސުވާލުކޮށްފައެވެ.