ދީނީ މައުލޫމާތު: ބޭސްއަޅާފައި ހުރިތަނެއްގަ ވުޟޫކުރާއިރު ފެންޖައްސާނެ ގޮތް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ދީނީ މައުލޫމާތު: ބޭސްއަޅާފައި ހުރިތަނެއްގަ ވުޟޫކުރާއިރު ފެންޖައްސާނެ ގޮތް
"ވުޟޫގެ ގުނަވަނެއްގައި ފެންޖެހުން މަނާކުރުވަނިވި ބޭހެއް އަޅާފައިވާނަމަ ބޭސްގަނޑުގެމަތިން ފެން ފޮހުން ހުއްޓެވެ. އެގޮތުން ފާރުގަނޑަށް ނުވަތަ ބޭސްގަނޑަށް ގެއްލުމެއް ވެދާނެކަމަށް ފެންނަނަމަ ބޭސްގަނޑުމަތީގަ ޕްލާސްޓިކް ކޮތަޅުކޮޅެއް ނުވަތަ އެހެން އެއްޗެއް އެޅުމަށްފަހުގައި އެއިގެމަތީގައި ފެން ފޮހުމުން ފުދޭނެއެވެ!" ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ޑރ. އިޔާޟްގެ މި ބަސްފުޅަށް ބަލާއިރު ފާރުގަނޑު ނުވަތަ ބޭސްގަނޑުމަތީގައި ރަބަރު ކޮތަޅު ފަދަ އެއްޗެއް އަޅައި ފެން ނުޖެހޭނެ ގޮތް ހެދުމަށްފަހުގައި ނަމަވެސް އެ ތަނުގައި އަތް އުނގުޅައިލަން ޖެހެއެވެ.

ވުޠޫ ކުރަމުންދަނިކޮށް ނުވަތަ ވުޟޫކުރަން ހުއްޓާ ވުޟޫ ފުރިހަމަ ނުވަނީސް ވައެއް ބޭރުވުންފަދަ ވުޟޫ ގެއްލޭ ކަމެއް މެދުވެރިވެއްޖެ ނަމަ އަލުން ފަށައިގެން ވުޟޫކުރަންޖެހޭނެ ކަމަށްވެސް ޑރ. އިޔާޟް ވަނީ ވިދާޅުވެފައެވެ.
މިއަދު އޮންލައިން