ކޮންމެ މީހަކު ކުރިނަމަވެސް ގޯސް ކަމެއް ވާނީ ގޯހަކަށް- ޑރ. އިޔާޛް

ކިޔުމަށް ހޭދަވާނީ 45ސ
ކޮންމެ މީހަކު ކުރިނަމަވެސް ގޯސް ކަމެއް ވާނީ ގޯހަކަށް- ޑރ. އިޔާޛް
ކޮންމެ މީހަކު ކުރިނަމަވެސް ގޯސް ކަމެއް ވާނީ ގޯހަކަށް ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޛް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޛް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޮންމެ މީހަކު ކުރިނަމަވެސް ގޯސް ކަމެއް ވާނީ ގޯހަކަށް ކަމަށާއި އަދި ރަނގަޅު ކަމެއް ވާނީ ރަނގަޅު ކަމަކަށް ކަމަށެވެ.

އެއީ ވަކި މީހަކަށް ވެގެން ބަދަލު އަންނާނެ ކަންތަކެއް ނޫންކަން ވެސް ޑރ، އިޔާޛް ފާހަގަ ކުރައްވާފައިވެއެވެ.

ޑރ. އިޔާޛް މިހެން ވިދާޅުވީ ސީދާ ކޮންކަމަކާއި ގުޅުއްވައިގެން ކަމެއް އެނގިފައެއް ނުވެއެވެ. ނަމަވެސް މިއީ ވެސް އެމަނިކުފާނު ދެއްކެވި ހެޔޮ ވާހަކަތަކެއް ކަމަށް ގިނަ މީހުން ޤަބޫލުކުރެއެވެ.




މިއަދު އޮންލައިން