އަނބިމީހާ ނުލާ ހިލޭ އަންހެނުންނާއެކު ކޮފީއަށް ދިއުމެއް ނެތް - އަނބިން ހިލޭ ފިރިހެނުންނާ އެކަހެރިކޮށް ވާހަކަދެއްކުމެއްވެސް ނެތް.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
އަނބިމީހާ ނުލާ ހިލޭ އަންހެނުންނާއެކު ކޮފީއަށް ދިއުމެއް ނެތް - އަނބިން ހިލޭ ފިރިހެނުންނާ އެކަހެރިކޮށް ވާހަކަދެއްކުމެއްވެސް ނެތް.
ސުވާލު: ފިރިމީހާ ހިލޭ އަންހެނުންނާއިއެކީ ކޮފީއަށް ދިއުމަކީ ޙަރާމްކަމެއްތޯ؟ އަދި އެމީހުންނާ ވާހަކަދައްކާ މަޖާކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟ އެއީ ރައްޓެހިން ކަމުގައިވީނަމަވެސް އަދި އޮފީހުގައި އެކުގައި އުޅޭ ކުދިން ކަމަށްވީނަމަވެސް؟

ޖަވާބު: އަނބިމީހާވެސް ގޮވައިގެން ދާނަމަ މައްސަލައެއް ނެތް.

ޖަވާބުދެއްވީ ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

އަންހެނަކަށް ފިރިހެން ރަހްމަތްތެރިއަކާއިއެކު ޚިޔާލު ބަދަލުކޮށް ވާހަކަދެއްކިދާނެތޯ؟ ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ޑރ. އިޔާޟް ވިދާޅުވެފައިވަނީ ދެމީހުން އެކަހެރިކޮށް ތިބެ ވާހަކަދައްކައިގެން ނުވާނެ ކަމަށެވެ. ދެމީހުން ވާހަކަ ދައްކާއިރު އެވާހަކަތައް އެނގޭނެ މީހަކު ހުންނަންވާނެ ކަމަށެވެ.

މިފަދަ ސުވާލުތައް ގިނައިން ކުރައްވަމުން ގެންދަވަނީ އަންހެންބޭކަނބަލުންނެވެ. އެހެންކަމުން ކަންކަން އިޞްލާޙްކުރުމަށާއި ހެޔޮމަގުން ކުރިއަށް ދިއުމަށް އެކަނބަލުންގެ ޝައުޤުވެރިކަން އިތުރުވަމުން އަންނަ މިންވަރު ދަނީ ހާމަވަމުންނެވެ.
މިއަދު އޮންލައިން