ދަމުނަމާދުގައިވެސް ދުޢާކުރަން ވާނީ ސަޖިދައިގައި އޮންނަ ވަގުތުގަ އާއި އައްތަޙިއްޔާތު ނިމި ސަލާމް ދިނުމުގެ ކުރިންނެވެ.
ދަމުނަމާދުގައި ސަޖިދަ އާއި ރުކޫޢުގެ ވަގުތު ދަންމައިލައެވެ. ނަމަވެސް ރުކޫޢުގައި އޮވެ ކިޔަންވާނީ އެކަމަށް ވާރިދުވެގެންވާ ތަޞްބީޙަތަކެވެ. އެހެނީ ރުކޫޢުގައި އޮވެގެން ކުރަން އަންގަވާފައިވާ ކަމަކީ ﷲ ތަޢާލާ މަތިވެރިކުރުމެވެ. މިކަމަށް ވާރިދުވެގެންވާ ވަރަށް ގިނަ ތަސްބީޙަތައް އެބަހުއްޓެވެ.
އެތަޞްބީޙަތައް ނުއެނގޭނަމަ ރުކޫޢުގައި އޮވެ ނަމާދުގައި އާންމުކޮށް ކިޔާ ތަޞްބީޙަ އެމީހަކު ކިޔަން ބޭނުންހައިވަރަކަށް ކިޔާނީއެވެ.
މައުލޫމާތު ދެއްވީ: އައްޝައިޚް ޖަޢްފަރު ފާއިޒް