ފާހިޝް ހުވަފެންތައް ދައްކަނީ ޝައިޠާނާ - ބޭނުމަކީ ފާހިޝް އަމަލުތަކަށް ޝައުޤުވެރިކުރުވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ފާހިޝް ހުވަފެންތައް ދައްކަނީ ޝައިޠާނާ - ބޭނުމަކީ ފާހިޝް އަމަލުތަކަށް ޝައުޤުވެރިކުރުވުން!
ހުވަފެނާއިމެދު ދިރާސާކުރި ބައެއް ސައިންސްވެރިން ބުނެފައިވަނީ ކޮންމެ މީހަކަށްވެސް ނިދީގައި ކޮންމެވެސް ބާވަތެއްގެ ހުވަފެނެއް ފެންނާނެ ކަމަށެވެ. ނަމަވެސް ބައެއް މީހުންނަށް އެކަން ނުއެނގޭ ސަބަބު ބުނަން އަދި ނުއެނގޭ ކަމަށެވެ. އަދި ހުވަފެން ފެންނަނީ ކީއްވެގެންކަން ސާބިތުކަމާއިއެކު ބުނެދޭންވެސް ނުއެނގޭ ކަމަށެވެ.

ހަމައެކަނި މިއެނގޭވަރަކީ ހުވަފެން ފެންނަނީ ނިދީގައި އޮންނައިރު ސިކުނޑީގައި އެނބުރިގަންނަ ކަންތައްތަކެއްގެ ސަބަބުން ކަމަށެވެ. އެކަން ސައިންސްވެރިންނާއި ޑޮކްޓަރުންވެސް ޤަބޫލުކުރެއެވެ.

އެމީހަކު ވިސްނަމުންދާ ކަމެއްގެ ސަބަބުން ފެންނަ ހުވަފެން ހުރުމުން އެ ހުވަފެން އެ ފެނުނީ ސިކުނޑީގައި އެނބުރޭ އޮއިވަރެއްގެ ސަބަބުން ކަމަށް ބެލިދާނެއެވެ. ސައިންސްވެރިންގެ ޖަވާބު އެ ނުކުންނަނީ މިސަބަބާއިހުރެ ކަމަށްވެސް ވެދާނެއެވެ. ކޮންމެއަކަސް މިކަންކަމަކީ ކަނޑާއަޅައި އަދި ބުނެވެންހުރި ވާހަކަތަކެއް ނޫނެވެ.

ހުވަފެން ފެންނަ 3 ސަބަބުގެ ތެރެއިން އެއް ސަބަބަކީ އެމީހާގެ ވިސްނުންތަކެވެ. ދެވަނަ ސަބަބަކީ ﷲ ތަޢާލާ ކުރައްވަވާ އިލްހާމެވެ. ތިންވަނަ ސަބަބަކީ ޝައިޠާނާގެ ވަސްވާސްތަކެވެ. މި 3 ސަބަބަށް ބަލައިފިނަމަ ﷲ ތަޢާލާ އިލްހާމް ކުރައްވަވާ ކަންކަމުގެ ހަޤީޤަތާއި ޝައިޠާނާގެ ވަސްވާސްތައް އިންސާނުންގެ ސިކުނޑިއަށް އަންނަ ގޮތް ހޯދުމަކީ ސައިންސްވެރިންނަށް ކުރެވޭނެ ކަމެއް ނޫނެވެ.

އެބައި ދޫކޮށްލާށެވެ. ފަށައިގަތް މައުޟޫއަށް ރުޖޫޢަވަމާހެއްޔެވެ؟ ފާޑުފާޑުގެ ފާހިޝް ހުވަފެން ފެންނަނީ ކީއްވެގެން ހެއްޔެވެ؟ ފާހިޝް ހުވަފެން ފެނުން ގިނަވަމުން މިއަންނަނީ ކީއްވެގެން ހެއްޔެވެ؟

ފުރަތަމަ ސުވާލުގެ ޖަވާބަކީ ފާހިޝް އަމަލުތައް ކުރާތަން ހުވަފެނުގައި ދައްކަނީ ޝައިޠާނާއެވެ. ބޭނުމަކީ އެކަންކަމަށް މީސްތަކުން ޝައުޤުވެރިކުރުމެވެ.

ދާދިފަހުން އަމިއްލަ ޖަމާއަތަކުން ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި ފާހިޝް އަމަލުކުރާ ހުވަފެން ގިނައިން ފެންނަނީ ވެސް ފާހިޝް މަންޒަރު ނުބަލާ މީހުންނަށެވެ. އެހެންކަމަށްވާނަމަ އެނގޭ ކަމެއް އެބައޮތެވެ. ސޯޝަލް މީޑިއާތަކުގައާއި އެނޫންވެސް ވަސީލަތް ބޭނުންކޮށްގެން ބަރަހަނާ ފިލްމާއި މަންޒަރު ބަލާނަމަ އެމީހާ އެހެރީ ރަނގަޅަށް މަގުފުރެދިފައި ކަމަށް ބަލައި ޝައިޠާނާ އެމީހުންނާއި އަޅައި ނުލަނީއެވެ. އެހެންވީމާ އެމީހުން ދޫކޮށްލުމަށްފަހު އެފަދަ ކަންކަން ނުކުރާ މީހުން ދަލުގައި ޖައްސަން ޝައިޠާނާ ގަދައަޅައި މަސައްކަތްކުރަނީއެވެ.

ދެވަނަ ސުވާލަށް ބަލާއިރު އެބާވަތުގެ ހުވަފެން ފެނުން ގިނަވަނީ ނިދުމުގެ ކުރިން އަޅަންޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅުތައް ނުއަޅާތީއެވެ. އެކަމަށް ދޭންޖެހޭ ސަމާލުކަން ނުދީ ނިދާތީއެވެ. އެންމެ ކުޑަމިނުން ޝަހާދަތާއި އާޔަތުލްކުރުސި ވެސް ކިޔައި ނުލެވޭތީއެވެ. އަމްދުން ނިދުމުގެ ކުރިން ވުޟޫކުރާ މީހުން މަދުވާތީއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން