ސުންނަތް ނަމާދު ކުރުން ހުއްދަ ނޫން ވަގުތުތަކަކީ ފަތިސް ނަމާދަށްފަހު އިރު އަރަންދެންނާއި ޢަޞްރު ނަމާދަށްފަހު އިރު އޮއްސެންދެންނެވެ. ސަބަބެއް މެދުވެރިވެގެން ނޫނީ އެ ވަގުތުތަކުގައި ސުންނަތް ނަމާދުކުރުމެއް ނެތެވެ.
ސަބަބު މެދުވެރިވެގެން ކުރާ ނަމާދަކީ މިސްކިތަށް ވަދެ އިށީންނަންވެގެން ސުންނަތް ކުރުން، ނުވަތަ މީހަކު މަރުވެގެން ޖަނާޒާ ނަމާދުކުރުން ފަދަ ނަމާދުކުރުމެވެ.
ސުންނަތް ނަމާދުކުރުން ހުއްދަ ކޮންމެ ވަގުތަކު އިސްތިޚާރާ ނަމާދު ކުރެވިދާނެއެވެ.
ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޑރ. އިޔާޟްގެ މި ބަސްފުޅުންވެސް އެނގެނީ ޢަޞްރު ނަމާދުކޮށްގެން ހުރި ނަމަވެސް އިރު އޮއްސުމުގެ ކުރިން މިސްކިތަށް އަރައި އިށީނުމުގެ ކުރިން ތަޙިއްޔަތުގެ ދެ ރަކްއަތް ނަމާދުކުރުމުގެ ސުންނަތްކަން ގަދަކަމެވެ. އެ ވަގުތުވެސް އެ ނަމާދުކުރުން ހުއްދަވެގެންވާތީއެވެ.