މިސްކިތުގެ މާނައާ މިސްކިތަށް ޚިދުމަތް ކުރުމާ ޚިދުމަތްކުރުމުގެ ފައިދާ އެނގޭނަމަ އެކަކުވެސް ޚިދުމަތް ކުރުން ހުއްޓާނުލާނެ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 50ސ
މިސްކިތުގެ މާނައާ މިސްކިތަށް ޚިދުމަތް ކުރުމާ ޚިދުމަތްކުރުމުގެ ފައިދާ އެނގޭނަމަ އެކަކުވެސް ޚިދުމަތް ކުރުން ހުއްޓާނުލާނެ: މުފްތީ މެންކް
އިންސާނާއަށް ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތަކީ ސަޖިދައިގައި އޮންނަވަގުތެވެ. މީސްތަކުން ވީހައި ގިނައިން ސަޖިދަ ކުރުމަށް އަންގަވާފައިވަނީ އެ ސަބަބަށްޓަކައެވެ. ﷲ ތަޢާލާގެ ކިބައިން ލޯތްބާއި އެހެނިހެން ކަންކަން އެދެން ބޭނުންމީހާއަށް އަދި ނަރަކައިން ސަލާމަތްވުމަށާއި ސުވަރުގެ އެދޭނަމަވެސް އޮތީ ވީހައި ގިނައިން ސަޖިދަ ކުރުމެވެ. ހަމައެކަނި ﷲ ތަޢާލާއަށްޓަކައެވެ.

އެހެންކަމުން ސަޖިދައަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މުހިންމު އަޅުކަން ކަމަށް ބުނެވިދާނެއެވެ. ބަޔާން މިކުރި ސަބަބުތަކަށްޓަކައެވެ.

މިސްކިތުގެ ނަން އުފެދިގެން މިއަންނަނީ "ސަޖިދާ" އިންނެވެ. ވީމާ މިސްކިތުގެ މާނައަކީ ވެސް ހަމަ ސަޖިދަކަމަށް ބެލިދާނެއެވެ. މިގޮތަށް ނަން މިއައީ މިސްކިތް އެޅުމުގެ އެންމެ ބޮޑު ބޭނުމަކީ ސަޖިދަކުރުން ކަމަށްވާތީ ކަމަށް ޤަބޫލުކުރަމެވެ. އެހެންވެ ދެ ނަން ގުޅުވާލެވިފައިވަނީއެވެ.

މިސްކިތަކީ ހަމައެކަނި ބިނާކުރާ ބޮޑެތި ބިނާތަކެއް ނޫނެވެ. އެތަނަކީ ކިތަންމެ ކުޑަ އަދި އާދައިގެ ތަނެއް ނަމަވެސް އެތަނަކީ ﷲ ތަޢާލާއަށް ސަޖިދަ ކުރުމަށް ޚާއްޞަ ކުރެވިފައިވާ ތަނެއްނަމަ އެއީ މިސްކިތެކެވެ.

މިސްކިތުގެ މުހިންމުކަމަށް ނިކަން ވިސްނައިބަލާށެވެ. މިސްކިތް މުހިންމުވަނީ އެތަނަކަށް މީސްތަކުން އެއްވެ ޖަމާއަތް ހަދައި އެތަނުގައި ﷲ ތަޢާލާއަށް ސަޖިދަކުރާތީއެވެ. ﷲ ތަޢާލާއަށްޓަކައި ﷲ ތަޢަލާ އަންގަވާފައިވާ މަގުން ފައިސާ ހޯދައި، އެ ފައިސާ ޚރަދުކޮށްގެން މިސްކިތެއް އަޅައިފި މީހަކަށް ހަމަ އެފަދަ ބިނާއެއް ސުވަރުގޭގައި ބިނާކޮށްދެއްވަވާނެކަމަށް ﷲ ތަޢާލާ ވަޙީ ކުރައްވަވާފައި އޮތުމުން މިސްކިތުގެ މުހިންމުކަން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ.

މިސްކިތަކީ ހަމައެކަނި ނަމާދުކުރަންހުރި ތަނެއް ނޫނެވެ. މިސްކިތް ޚާއްޞަ ކުރެވެނީ ނަމާދުކުރުމަށެވެ. ނަމަވެސް މިސްކިތަކީ ﷲ ތަޢާލާއަށް ކުރަންޖެހޭ ހުރިހާ އަޅުކަމެއް ކުރަން ހުރި ތަނެކެވެ. ކީރިތި ޤްރްއާން ކިޔެވުމާއި ޛިކުރުކުރުމަށްވެސް މެއެވެ.

ނަމަވެސް ހިތާމައަކީ މިއަދު މިސްކިތްތައް ފަޅުވަމުންދާ ކަމެވެ. ޖަމާއަތުގައި ނަމާދުކުރުން ނޫން ކަމަކަށް ބޭނުން ކުރެވޭ މިންވަރު މަދުކަމެވެ. މިކަން ބަދަލުކުރަން އެބަޖެހެއެވެ.

މީސްތަކުންނޭވެ! ކޮންމެ މީހަކީ މިސްކިތެއް ބިނާ ކުރުމުގެ ޤާބިލުކަން ހުރި މީހަކަށް ނުވެދާނެއެވެ. ނަމަވެސް ކޮންމެ މީހަކީވެސް މިސްކިތް އާރާސްތުކުރާ މީހަކަށް ވެވިދާނެއެވެ. މިސްކިތުގެ ބޭނުން މަތިވެރިކުރާ މީހަކަށް ވެވިދާނެއެވެ.

މިސްކިތް އާރާސްކުރުމަށް ކުރަންޖެހޭ ކަމަކީ ވީހައި ގިނަ ބައަކު މިސްކިތަށް ގެންދަން މަސައްކަތްކުރުމެވެ. މިސްކިތުގެ ޖަމާއަތް ބޮޑުކުރަން މަސައްކަތްކުރުމެވެ. ﷲ ތަޢާލާ އަށް އަޅުކަން ކުރަން މިސްކިތުގައި ތިބޭ މީހުންގެ އަދަދު އިތުރުކުރަން މަސައްކަތްކުރުމެވެ.

މީސްތަކުންނޭވެ! މިހިރަ ކޮންމެ ކަމަކީވެސް ހާދަހައި މަތިވެރި އަޅުކަމެވެ. ހާދަހައި ގިނަ ސަވާބު ލިބޭނެ ކަންކަމެވެ. މިސްކިތްތަކަށް ޚިދުމަތް ކުރެވޭނީ ހަމައެކަނި ފައިސާއަކުން ނޫނެވެ. މި ބަޔާންކުރީވެސް ހަމަ މިސްކިތްތަކަށް ކުރެވިދާނެ ޚިދުމަތްތަކެވެ. މިކަންކަމާ މިކަންކަން ކުރުމުގެ ހަޤީޤީ ފައިދާ އެނގޭނަމަ ހަމަ އެކަކުވެސް އެކަންކަން ކުރުން ހުއްޓައެއް ނުލާނެއެވެ.

މީސްތަކުންނަށް ކިޔަވައިދޭނެ ޖާގަ ނެތިގެން ނުހުންނާށެވެ! އިސްލާމް ދީނުގެ އިތުރުން އެހެން ހެޔޮ ކަންކަން ވެސް މީސްތަކުންނަށް ކިޔަވައިދޭ ތަނަކަށް މިސްކިތްތައް ހަދާށެވެ! މިސްކިތްތައް ދިރުވާށެވެ!

މިސްކިތަށް ދިއުމަކީ ދެވި ހިފާވެސް ކަމެކެވެ. ދެވިހިފުމުން ދިރިއުޅުމަށާއި އެހެން ވެސް ބޭނުންތަކަށް ނުކުންނަން ޖެހޭތީ މިސްކިތުން ނުކުތް ނަމަވެސް އެމީހާ އަބަދުވެސް ހުންނާނީ ދެންޖެހޭ ނަމާދު ވަގުތުގެ އިންތިޒާރުގައެވެ. އަވަހަށް މިސްކިތަށްދާން ބޭނުންވެގެންނެވެ. ގަދައަޅައި މަސައްކަތްކުރަންވީ އެފަދަ މީހަކަށްވެވެތޯއެވެ!

- މުފްތީ މެންކުގެ ދަރުސަކުން -
މިއަދު އޮންލައިން