ކާފަ ދެ ދަރިން ގޮވައިގެން މިސްކިތުގަ ޤްރްއާން ކިޔަވަނީ - މިއަށްވުރެ އުފާވެރި މަންޒަރެއް ފެންނާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ކާފަ ދެ ދަރިން ގޮވައިގެން މިސްކިތުގަ ޤްރްއާން ކިޔަވަނީ - މިއަށްވުރެ އުފާވެރި މަންޒަރެއް ފެންނާނެތަ؟
ދަރިންނަށް ދެވޭނެ އެންމެ އަގު ބޮޑު ހަދިޔާއަކީ ކީރިތި ޤްރްއާނަށް ޝައުޤުވެރިކުރުވުމެވެ. އެހެނީ ދަރިންނަކީ ކީރިތި ޤްރްއާނަށް އަހުލުވެރި ބައަކަށްވާނަމަ އެކުދިންގެ ހުރިހާ ކަމެއްވެސް ކުރިއަށް ދާނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައެވެ.

ޚަބަރުގައިވާ ފޮޓޯއިން ފެނިވަދައިގަންނަވަނީ ކާފައަކު ކާފަ ދެ ދަރިންނާއިއެކު މިއަދުގެ ހުކުރު ނަމާދަށްފަހު އިސްކަންދަރު މިސްކިތުގައި އިނދެ ޤްރްއާން ކިޔަވާ މަންޒަރެވެ. ދެ ދަރިންވެސް ތިބީ ކާފަ އާއި ބައިވެރިވެގެން ކިޔަވާށެވެ.

ޚާއްޞަ މަންޒަރަކަށްވާތީ ފޮޓޯއެއް ނެގުމުގެ ހުއްދައަށް އެދުމުން ބުނީ މިއީ އެނާގެ ދެ ދަރިންގެ ދެ ދަރިން ކަމަށެވެ. ކާފަ ކިޔާ ދެ ދަރިން ކަމަށެވެ. ފޮޓޯގެ މުހިންމުކަން އެހިސާބުން ވަނީ އިތުރުވެފައެވެ.



ކޮންމެ ކާފައަކީވެސް އަދި ބައްޕައަކީވެސް ދަރިންނާއި މިގޮތަށް އަޅާލާނެ ބައަކަށް ވެއްޖެ ނަމަ އެއީ ޢާއިލާއަށްވެސް އަދި މުޖުތަމައުއަށްވެސް ލިބޭނެ އެންމެ ބޮޑު ކުރިއެރުމެކެވެ. ހަމަ އެކަނި މުދައްރިސުންނަށް ދޫކޮށް ނުލައި ދަރިންގެ ކިޔެވުމާއި މައިން ބަފައިން، ކާފައިން ފުރިހަމައަށް އަޅައިލާނެ ނަމަ އެކަމުގެ ޚާއްޞަކަން ދަރިންނަށް އިތުރަށް ދަރިންނަށް އެނގޭނެއެވެ. ކީރިތި ޤްރްއާން ކިޔަވަން ދަރިން ދޭ ސަމާލުކަންވެސް އިތުރުވާނެއެވެ.

ދަރިން ކީރިތި ޤްރްއާނަށް އަހުލުވެރިކުރަން ބޭނުންނަމަ އެކަމަށް މަސައްކަތް ފަށަންޖެހޭނީ އެންމެ ތުއްތުއިރުގައެވެ. އެކުދިން ބޮޑެތިވެ އަމިއްލަ އެޖެންޑާތައް ކުރިއަށް ގެންދަން ފެށުމުން އެ އެޖެންޑާއަށް ކަންކަން އިތުރުކުރުމުގެ ބަދަލުގައި އެ އެޖެންޑާގައި ކީރިތި ޤްރްއާނުގެ ބައި ކުރިންސުރެ ހިމެނުވިއްޖެނަމަ ކަންކަން ކުރިއަށްދާނީ އެންމެ ރަނގަޅު ގޮތުގައިކަން ޢިލްމުވެރިން ފާހަގަކުރައްވަވައެވެ.
މިއަދު އޮންލައިން