ކައިވެނީގެ ރޭ ދެމަފިރިން އެކުގައި 2 ރަކްޢަތް ނަމާދެއް ކުރުމަކީ ސުންނަތެކެވެ.
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ މިއީ ދެމަފިރިން އެކުގައި ކުރަންޖެހޭ ނަމާދެއް ކަމަށާއި އަނބިމީހާއަށް ޙައީޟްވުން ފަދަ ކަމެއް މެދުވެރިވެގެން ނަމާދު ނުކުރެވޭ ޙާލަތެއްގައި ހުރިނަމަ ފިރިމީހާ އެކަނި އެ ނަމާދުކުރެވޭނެކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ކައިވެނީގެ ފުރަތަމަ ރޭ ދެމަފިރިންގެ މެދުގައި ލޯބި އިތުރު ކުރެއްވެވުން އެދި އާއި ޝައިޠާނާގެ ކިބައިން ސަލާމަތް ކުރެއްވެވުން އެދި އެފަދަ ކަންކަމުގައި ދުޢާ ކުރުމުން އެކަމުގެ ފައިދާ ކުރެއެވެ.
އިތުރު މައުލޫމާތު އަންގައިދޭ ލިޔުމެއް (އިނގިރޭސި)