މީގެ ދެ ދުވަސް ކުރިން ބާލީއަށް ރެކްޓަރ މިންގަނޑުން 7 ގެ ބާރު މިނުގައި އައި ބިންހެލުމުގައި މިސްކިތް ވަރަށް ބޮޑަށް ގުޑަމުން ދިއައިރުވެސް ކުރުސި ކިޔެވުންމަތީގައި ސާބިތުވެ ހުރި އިމާމްގެ ވީޑިއޯ ޢާންމުކުރުމުން އެތައް މިލިއަން ބައަކު ދަނީ އިމާމަށް ތަޢްރީފްކުރަމުންނެވެ.
ވީޑިއޯގައި ފެންނަގޮތުން ބިންހެލުން އައީ އަލްޙަމްދު ކިޔަވައި ނިމުނުތަނާއެވެ. ބިންހެލުން އައިސް އިމާރާތް ގުޑަން ފެށުމުން ވެއްޓިދާނެ ކަމަށް ބަލައި އެއް އަތްތިލަ ފާރުގައި ޖައްސައިގެން ހުރެ ވެސް އިމާމް ނަމާދު ކުރިއަށް ގެންދިއައެވެ. ގެންދިއައީ ކީރިތި ޤްރްއާނުގައިވާ އެންމެ މަތިވެރި އާޔަތް، އާޔަތުލް ކުރުސި ކިޔަވަމުންނެވެ.
ފަހަތުގައި ނަމާދުކުރަން ތިބި ބައަކު ބިރުން ނަމާދު ދޫކޮށް ނުކުތެވެ. އަނެއް ބައަކު ސާބިތުކަމާއިއެކު އިމާމުގެ ފަހަތުގައި ނަމާދުކުރަން ތިބީއެވެ.
ބިންހެލުން އައިނަމަވެސް އިމާރާތް ބޮލަށް ވެއްޓުނު ނަމަވެސް ނަމާދަށް ހުރެފައި ނަމާދު ދޫކޮށް ދިއުމެއް ނެތެވެ. އެހެންކަމުން އިމާމް އަށާއި ފަހަތުގައި ސާބިތުވެ ތިބި މީހުންނަށް އެތައް މިލިއަން ބައަކު މިހާރުވެސް ވަނީ ތައުރީފްކޮށްފައެވެ.
ގުޅުންހުރި ވީޑިއޯ: