މޫނުބުރުގާ އަށާ ފައިކުރި ކުރުކުރަން ޤަވާއިދު ހަދާކަށް ނުޖެހޭ- އެއީ ލިބެންޖެހޭނެ ހައްޤެއް: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
މޫނުބުރުގާ އަށާ ފައިކުރި ކުރުކުރަން ޤަވާއިދު ހަދާކަށް ނުޖެހޭ- އެއީ ލިބެންޖެހޭނެ ހައްޤެއް: ޝައިޚް ޢަލީ ޒައިދު

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވާއިރު މޫނުބުރުގާ އެޅުމަށާއި ފިރިހެނުން ލާ ފަޓުލޫނުގެ ފައިކުރި ކުރުކުރަން ޤަވާއިދު ހަދަން ނުޖެހޭނެ ކަމަށާއި އެއީ ކޮންމެ މުސްލިމަކަށްވެސް ލިބެންޖެހޭނެ ހައްޤެއް ކަމަށް އައްޝައިޚް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ މޫނު ބުރުގާ އެޅުމާއިމެދު ފިޤްހް އެކަޑެމީގެ ނިންމުމެއް މިހާރުވެސް އޮންނާނެ ކަމަށެވެ. އެހެންކަމުން އެ ނިންމުން ބޮލާލައި ޖަހާގޮތަށް ޤަވާއިދުތައް ހެދުމެއް ނެތް ކަމަށެވެ.


"މޫނު ބުރުގާއަށްވެސް ޤަވާއިދު. ފައިކުރިއަށްވެސް ޤަވާއިދު. މިހެންގޮސް ކިޔާނެ ކަމެއް ނެތް އިނގޭތޯ!. އަޅުގަނޑުގެ ވާހަކައަކީ މިއީއަކީ ޤަވާއިދު ހަދަންޖެހޭ ކަންކަމެއް ނޫނޭ. މިޙައްޤުތަކަކީ ލބެންޖެހޭެނެ ޙައްޤުތަކޭ. (މިހައްޤުތައް ލިބެންޖެހޭނޭ. މޫނު ބުރުގާއަށްވެސް ޤައިމު އެއޮތީ ފިޤްހް އެކަޑެމީގެ ނިންމުން." ޝައިޚް ޢަލީ ޒައިދު މިއަދު ކުރައްވާފައިވާ ޓްވީޓެއް.



މިއަދު އޮންލައިން