އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ ޢީދު ދުވަހު އުޟްހިޔާ ކަތިލައި މަރުވެފައިވާ މަންމަ، ބައްޕަ ނުވަތަ ދަރިންނަށް ވެސް އެކަމުގެ ސަވާބު ހަދިޔާ ކުރެވިދާނެއެވެ. އަދި އެ ނޫންވެސް އެމީހަކު ބޭނުން ބައަކަށްޓަކައި ޤްރްބާން ކުރެވިދާނެއެވެ. ނިޔާވެފައިވާ ލޯބިވާ މަންމަ އާއި ބައްޕަ އާއި ދަރިންނާއި އަދި އެނޫންވެސް އެމީހާގެ ގާތް ބައަކަށް މިއަށްވުރެ އަގު ބޮޑު އީދު ހަދިޔާއެއް ދެވިދާނެތޯއެވެ!
އުޟްޙިޔާ ކަތިލުމުގައިވެސް ފުރަތަމަ ކަތިލަންވާނީ ތިމާ އާއި ތިމާގެ ބެލެނިވެރިކަމުގެދަށުގައި ތިބި ބައެއްގެ ފަރާތުންނެވެ.
މިފަދައިން ހަދިޔާކުރާއިރު ވެސް ވިސްނައިލަންޖެހޭނެ ކަމެއް އެބައޮތެވެ. އެއީ ޤްރްބާން ކުރަނީ ﷲ ތައާލާއަށްޓަކައި ކަމެެވެ. ބޭނުންވާ މީހާއަށް އެކަމުގެ ސަވާބު މިންވަރު ކޮށްދެއްވެވުމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި އެދޭނީއެވެ.
އުޟްޙިޔާ ކަތިލުމަށް ބަކަރިއެއް ޤްރްބާން ކުރާނަމަ އެކަމުގެ އަގުގައި އެމީހެއްގެ ބެލުމުގެދަށުގައިވާ މީހުން ނޫން ދުރުމީހަކު ބައިވެރިއެއް ނުކުރެވޭނެއެވެ. ނަމަވެސް ގެރިއެއް ނުވަތަ ޖަމަލެއް ޤްރްބާންކުރާނަމަ 7 މީހަކަށް ބައިވެރިވެވިދާނެއެވެ.
ރާއްޖޭގައި ބަކަރީގެ އަގު ބޮޑު ނަމަވެސް ރާއްޖޭގައި ތިބެގެންވެސް އެންމެ 800- 1000 ރުފިޔާ އާއި ދެމެދުގެ އަގުތަކަށް މިޞްރު ފަދަ ޤައުމުތަކުގައި އުޟްޙިޔާ ކަތިލުމުގެ ފުރުޞަތު އޮތް އިރު މިފަދަ ކަންކަމަކީ ނިޔާވެފައިވާ، ލޯބިވާ މަންމަ، ބައްޕަ އަދި ދަރިންނަށް ދެވޭނެ ކޮންފަދަ ބޮޑު ހަދިޔާއަކަށްވެގެންދާނެތޯއެވެ!
އިތުރު ތަފްސީލް