ޖެހިލުންނުވެ ތިއަ އުޅެނީ ނަރަކަ ކާލަން ބޭނުންވެގެން ތެޅިފޮޅޭ މީހުންގެ ތެރޭގަ ތިބާ ނުވާނެތީ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ޖެހިލުންނުވެ ތިއަ އުޅެނީ ނަރަކަ ކާލަން ބޭނުންވެގެން ތެޅިފޮޅޭ މީހުންގެ ތެރޭގަ ތިބާ ނުވާނެތީ ހެއްޔެވެ؟
ޤިޔާމަތް ދުވަހު މަޙްޝަރުގެ މައިދާނަށް މީސްތަކުން އެއްކުރެއްވެވުމަށްފަހު މީސްތަކުންނާއި ނަރަކަ ކައިރި ކުރައްވަވާ ވަގުތުގެ ބިރުވެރިކަމުގެ ބޮޑުކަމަށް ނިކަން ވިސްނައިލަބަލާށެވެ! ނަރަކަ މީސްތަކުންނާއި ކައިރި ކުރެއްވެވުމުން އިބްރާހީމްގެފާނު ބިންމައްޗަށް ތިރިވެވަޑައިގެން ކަކޫފުޅު ޖައްސަވާނެތެވެ. ޢަރްޝީގައި އެލިވަޑައިގެން ރަޙްމް ކުރެއްވެވުން އެދިވަޑައިގެން ﷲ ތަޢާލާއަށް އާދޭސްކުރައްވަވާނެއެވެ! ސަލާން ޖައްސަވާނެތެވެ!

ﷲ ތަޢާލާ އެބޭކަލަކަށް ﷲ ތަޢާލާގެ މިތުރުގެ ދަރަޖަ ދެއްވަވާފައިވާ އިބްރާހީމްގެފާނުގެ ޙާލުކޮޅު މިފަދައިން ހުންނާނެ ވަގުތުގެ ބިރުވެރިކަމުގެ ބޮޑުކަމާއިއެވެ! އެފަދަ ބިރުވެރިކަމުން ފުރިގެންވާ ވަގުތުގައި އަހަރެމެންގެ ޙާލަކީ ކޮބައި ހެއްޔެވެ؟ އަހަރެމެންނަށް ގަންނަން ޖެހޭނެ ބިރުގެ ބޮޑުކަން އިޙްޞާޞްކުރަން އެނގޭނީ ވެސް ކިހިނަކުން ހެއްޔެވެ؟

ނަރަކަ މީސްތަކުންނާއި ކައިރިކުރެވޭއިރު އިވޭ ބިރުވެރި އަޑުފަށްގަނޑުގެ ސަބަބުން އެކަނިވެސް މީސްތަކުން ބިރުންގޮސް ހަލާކުވާވަރުވާނެއެވެ! ހީވާނީ މީސްތަކުން ކައިލަން ވެގެން އުޅޭހެންނެވެ. އާނއެކެވެ! ނަރަކަ އެ ބިރުވެރި އަޑުތައް ނެރެނީ ނަރަކައަށް ވަންނަން ޖެހޭ ޚާއިނުންތަކަށް ބޭނުންވެގެންނެވެ.

ސިފަކުރަން ވެސް ނުއެނގޭ ފަދަ ގޮތަކަށް ނަރަކަ "ނޭވާލާނެ" އެވެ. ހޫނުގަދަ ވައިތައް ބޭރުކޮށް އެތެރެކުރާނެއެވެ. ބަނޑުހައިކަން އިންތިހާއަށް ގޮސްފައި ހުރި މީހަކު ކާއެއްޗެއް ޖަހައިގަންނަން އުޅޭފަދައިން އުޅޭނެއެވެ. ﷲ ތަޢާލާއަށް އުރެދުނު މީހުންތައް އަވަހަށް ނަރަކައަށް ވައްދުވަންވެގެންނެވެ.

ބައެއް ރިވާޔަތްތަކުން އެނގޭ ގޮތުގައި ނަރަކަ ނެރޭ އަޑު ސިންގާއެއްގެ ބިރުވެރިއަޑަށްވުރެ އެތައް ހާސްގުނައަކަށް ބިރުވެރިކަން މާބޮޑެވެ.
ބުނެވޭގޮތުން 1000 އަހަރުގެ ރާސްތާއަކުން އަންނަ ހޫނަކުން ކާފަރުންގެ ލޯތައް އަންދައިލާނެއެވެ. މިނުރައްކާތެރި ވަގުތު މަލާއިކަތް ބޭކަލުން މުއުމިނުން ސަލާމަތްކުރައްވަން އަވަދި ނެތި އުޅުއްވަވާނެތެވެ.

- ބިލާލް އައްސަދުގެ ދަރުސަކުން -
މިއަދު އޮންލައިން