"ނުއެނގި ހުރެ އޫރު މަސް ކެވިއްޖެ ނަމަ، ހޮޑުލެވޭނެ ނަމަ ހޮޑުލާނީ. ދެން ފަހަރަކުންވެސް ކެއުމުގެ ކުރިން އެއީ ކޮންކަހަލަ މަހެއްތޯ ބަލާނ.ީ"
މިއީ ނުއެނގި ހުރެ އޫރުމަސް ކެވިއްޖެނަމަ ހަދާނެ ގޮތަކާއިބެހޭ ގޮތުން މީހަކު ކޮށްފައިވާ ސުވާލަކަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވާފައިވާ ޖަވާބެކެވެ.
ދީނީ ބައެއް އިލްމުވެރިން ވިދާޅުވެފައިވަނީ އެންމެ ރަނގަޅު ގޮތަކީ އޫރު މަހުގެ ބާވަތްތައް ތައްޔާރުކުރާ ތަންތަނުން ނުކެއުން ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވަނީ ކައްކަން ބޭނުންކުރާ ތެށިތަލި ވަކިނުކުރާނަމަ އެއީ މައްސަލައެއް ކަމަށާއި އޫރު މަސް ކައްކާ ތެލީގައި ކައްކާ ތަކެތި ކާންވާނީ އިސްލާމް ދީނުގައި ސާފުކުރަންޖެހޭ މިންވަރަށް ސާފުކޮށްގެން ކަމަށާއި އެފަދަ ރެސްޓޯރަންޓްތަކުގައި އެވަރަށް ސާފުނުކުރާނެ ކަމަށެވެ. އަދި އޫރުމަސް ކެއުމަށް ބޭނުންކުރާ އުލާއި ސަމުސާ ފަދަ ތަކެއްޗާއި ތަށިތައްވެސް ބޭނުންކުރުން ހުއްދަވާނީ އެވަރަށް ސާފުކޮށްގެން ކަމަށެވެ.
ﷲ ޙަރާމް ކުރައްވަވާފައިވާ އެންމެހައި ކަންކަމާއި ވީހައި ބޮޑަށް ދުރުހެލިވުމަށާއި އެފަދަ ކަންކަމަށް ރައްކައުތެރިވެގެން އުޅުމަށް ދީނީ އިލްމުވެރިން ގެންދަވަނީ އިރުޝާދު ދެއްވަމުންނެވެ. އިލްތިމާސް ކުރައްވަމުންނެވެ.