ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ އީމާންކަން ތާޒާކޮށްލަން ލިބޭ ރަނުގެ ފުރުޞަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ އީމާންކަން ތާޒާކޮށްލަން ލިބޭ ރަނުގެ ފުރުޞަތެއް!
ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ އީމާންކަން ތާޒާކޮށްލަން އެންމެ ރަނގަޅު ފުރުޞަތު ލިބޭ 10 ދުވަސް ކަމަށް ވުމުން އެފުރުޞަތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފަންވާނެއެވެ.

އީމާންކަން ތާޒާ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އެއީ ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭނެ ކަމެކެވެ. އެހެނީ އީމާން ކަމަކީވެސް ތާޒާ ނުކުރާނަމަ ބަލިކަށިވާ އެއްޗެކެވެ. އަޅުކަން ކުރުން މުހިންމުވާ، ނުވަތަ އެދުވަސްތަކާއި ރޭތަކުގައި އަޅުކަން ކުރުމުން ލިބޭ ސަވާބާއި ދަރުމަ އިތުރުވެގެންވާ ދުވަސްތަކާއި ރޭތައް ﷲ ތަޢާލާ ލައްވަވާފައިވަނީ އެފަދަ ސަބަބުތަކަށްޓަކައެވެ.

ހައްޖުމަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ކުރާ ހެޔޮ އަމަލުތަކުގެ މަތިވެރިކަން އެހެން އެއްވެސް ދުވަހެއްގައި ކުރާ ހެޔޮ އަމަލުތަކަށްވުރެ ލޮބުވެތިކަން ބޮޑެއް ނޫން" ކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ޙަދީޘްފުޅު ކުރައްވައިފައެވެ. މި ހަދީޘްފުޅުން އެއްވެސް ޝައްކެއް ނެތް މިންވަރަށް އެނގިގެން މިދަނީ އެހެން ހުރިހާ ދުވަހަކު ކުރާ ހެޔޮ އަމަލުތަކަށްވުރެ މި ދިހަ ދުވަހު ކުރާ ހެޔޮ އަމަލުތަކުގެ ލޮބުވެތިކަން ﷲ ތަޢާލާގެ ޙަޟްރަތުގައި ބޮޑުކަމެވެ.

ރަސޫލާ މިކަން ޙަދީޘްފުޅުުރެއްވެވުމުން ޞަޙާބީން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެންނެވިއެވެ. އެއީ ﷲ ތަޢާލާގެ މަގުގައި ކުރެވޭ ޖިހާދަށް ނުވަތަ ޖިހާދުކުރުމަށްވުރެވެސް މި ދިހަ ދުވަހު ކުރާ އަޅުކަމުގެ ލޮބުވެތިކަން ބޮޑުކަމަށް ޙަދީޘްފުޅު ކުރެއްވެވުމުންނެވެ.

އެބޭކަލުންގެ ސުވާލަށް ޖަވާބު ދެއްވަމުން ހަދީޘްފުޅު ކުރައްވަވާފައިވަނީ އިސްތިސްނާ ވެގެންވަނީ ހަމައެކަނި (މާތް ﷲ ގެ ކަލިފަފުޅު މަތިވެރިކުރުމަށްޓަކައި) ޖިހާދަށް ނުކުމެ ޖާނާއި މާލުން ޖިހާދުކޮށް އެކަމުގައި ނިމިގެންދިއަ މީހާ އެކަނި ކަމަށެވެ. މާނައަކީ އެކަމުގެ ތެރޭގައި ޝަހީދުވެ ދުނިޔެ ދޫކުރި މީހާ އެކަނި ކަމެވެ.

ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހުގެ މާތްކަން އެހެން ހުރިހާ ދުވަސްތަކަށްވުރެ މަތިވެރިވެގެންވާކަން ޞަޙީޙް ޙަދީޘްފުޅުން މިމިންވަރަށް އެނގެން އޮތުމުން އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން