މިދުވަސްކޮޅު ގިނަގިނައިން ތަކުބީރު ކިޔުމާ ތަޙްލީލް ކިޔުމާ ތަހްމީދު ކިޔުން އިތުރުވެގެންވޭ: ޝައިޚް ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
މިދުވަސްކޮޅު ގިނަގިނައިން ތަކުބީރު ކިޔުމާ ތަޙްލީލް ކިޔުމާ ތަހްމީދު ކިޔުން އިތުރުވެގެންވޭ: ޝައިޚް ޢަލީ ޒާހިރު
"މިދުވަސްކޮޅު ގިނަގިނައިން ތަކުބީރު ކިޔުމާ ތަޙްލީލް ކިޔުމާ ތަހްމީދު ކިޔުން އިތުރުވެގެންވެއެވެ." މިއީ ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ކުރައްވާފައިވާ ޓްވީޓެކެވެ.

ރާއްޖޭގައި މިކަންކަން ކުރަމުން އަންނަ ގޮތުން ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ ތަކްބީރު ކިޔުމަކީވެސް ހަމަ އެކަނި މިސްކިތުގައި އިމާމެއްގެ އަޑުދަށުން ކުރަންޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް ތަކްބީރު ކިޔުމަކީ ޙައްޖު މަސް ފެށުމާއިއެކު ގިނަގިނައިން ކުރަން އޮތް ކަމެއް ކަމަށާއި އަދި ޞަހާބީން ތަކްބީރު ވިދާޅުވެފައިވަނީ އިމާމެއްގެ އަޑުދަށުން ނޫން ކަމަށް ޢިލްމުވެރިން ބަޔާން ކުރައްވަވައެވެ.

ތަކުބީރު ކިޔުމާ ތަޙްލީލް ކިޔުމާ ތަހްމީދު ކިޔުމަކީ ގޭގައިވެސް އާންމު ދިރިއުޅުމުގައިވެސް ކުރެވޭނެ ކަންކަމެވެ. ބައެއް އިލްމުވެރިން ވިދާޅުވަނީ މި ދުވަސްކޮޅު މަސައްކަތުގައި އުޅެމުންވެސް ވަގުތުވާވަރަކުން އެކަންކަން ކުރުމުގެ ފައިދާ ބޮޑުވެގެންވާ ކަމަށެވެ.


މިއަދު އޮންލައިން