ހައްޖު މަހުގެ ކުރީ ކޮޅު ގެއްލުނު ރޯދަ ޤަޟާކުރުމުން ދެ ދަރުމަ ލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
ހައްޖު މަހުގެ ކުރީ ކޮޅު ގެއްލުނު ރޯދަ ޤަޟާކުރުމުން ދެ ދަރުމަ ލިބޭނެ!
"ރޯދަ މަހު ގެއްލިފައި ހުންނަ ރޯދަތައް ހިފައި ނުނިމެނީސް ހައްޖުމަހުގެ ފުރަތަމަ 9 ރޯދަ ހިފިދާނެތޯ؟ ނުވަތަ ހައްޖު ދުވަހު ރޯދަ ހިފިތާނެތޯ؟"

މިސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ:

"ޤަޟާކުރަންޖެހޭ ރޯދަތައް ހުރި ނަމަވެސް ހައްޖުމަހުގެ ކުރީކޮޅުގެ ދުވަސްތަކުގައި (9 ދުވަހު) ރޯދަ ހިފިދާނެއެވެ. މިގޮތުން ހިފާނީ ގެއްލުނު ރޯދަތައް ޤަޟާ ކުރުމުގެ ނިޔަތުގައެވެ. އެއިރުން ގެއްލުނު ރޯދަތައްވެސް ހިފުނީއެވެ. އަދި ޙައްޖު މަހުގެ ކުރީކޮޅުގައިވެސް ރޯދަ ހިފުނީއެވެ."

އެހެންކަމުން ރަމަޟާން މަހުން ގެއްލިފައިވާ ރޯދަތައް މިދުވަސްތަކުގައި ހިފުމުން ރޯދަ ޤަޟާ ކުރުމުގެ އިތުރުން މިދުވަސްތަކުގައި ރޯދަ ހިފުމުން ލިބޭ ދަރުމަވެސް ލިބިގެންދާނެކަން ޑރ. އިޔާޟްގެ ޖަވާބުން އެނގިގެންދެއެވެ.
މިއަދު އޮންލައިން