ތިނަދޫ ރައްޔިތުންގެ ހިތްތަށްވެސް ފަތަހަކުރާނަން: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ތިނަދޫ ރައްޔިތުންގެ ހިތްތަށްވެސް ފަތަހަކުރާނަން: ޑރ. ޝަހީމް
މާދަމާ ގދ ތިނަދޫއަށް ވަޑައިގަންނަވާނެ ކަމަށާއި ތިނަދޫ ރައްޔިތުންގެ ހިތްތަށްވެސް މާތްﷲ ވާގިފުޅާއިއެކު ފަތަޙަ ކުރައްވާނެ ކަމަށް ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު މިއަދު ހަވީރު ބޭއްވި ރެލީ ނިންމައިލުމަށްފަހު ޑރ. ޝަހީމް ވިދާޅުވީ ފުވައްމުލަކުގެ ރައްޔިތުން އެކުގައިހެން ތިބީ އެ ރެލީގައި ކަމަށާއި ރާއްޖޭގެ ހުރިހާ ރަށަކުންވެސް ހަމަ އެތާއީދު ރައީސް ޢަބްދުﷲ ޔާމީނަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީން އިންތިޚާބު ކާމިޔާބު ކުރައްވާނީ ވޯޓު އޮޅުވާލައްވައިގެން ކަމަށް ބުނަމުން ދިއަ ނަމަވެސް މިހައި ގިނަ ރައްޔިތުންގެ ތާއީދު އޮތުމުން ފަސޭހަކަމާއިއެކު ވޯޓު ކާމިޔާބުކުރެއްވޭނެ ކަމަށެވެ.

ޕީޕީއެމް ފުވައްމުލަކުގައި އޮޓީ ވަރަށް ބަދަހިކޮށް ކަމަށާއި ޕީޕީއެމް ބަދަހިކަމާއިއެކު އޮތް ނަމަ ބަލިކުރެވޭނެ އެއްވެސް ޕާޓީއެއް ރާއްޖޭގައި ނެތް ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.
މިއަދު އޮންލައިން