ރައީސް ޢަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގދ ތިނަދޫއަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ޑރ. ޝަހީމް ތިނަދޫއަށް ވަޑައިގަތީ ފުވައްމުލަކުންނެވެ.
ޑރ. ޝަހީމް އިއްޔެ ވިދާޅުވީ ފުވައްމުލަކުގައި ޕީޕީއެމް އޮތީ ވަރަށް ބަދަހިކޮށް ކަމަށާއި ރަށުގެ ބޮޑު އަޣުލަބިއްޔަތަކީ ޕީޕީއެމް ކަމަށެވެ. އަދި މިއަދު ތިނަދޫއަށް ވަޑައިގެން ތިނަދޫ ރައްޔިތުންގެ ހިތްތައްވެސް ފަތަހަ ކުރައްވާނެ ކަމަށެވެ.