"ޛިކުރުކުރާ މީޙާ ކުފުރުގެ ނުބައި އަނދަވަޅަށް ވެއްޓުމުންނާއި، ޝައިޠާނާގެ މަޅީގައި ޖެހުމުންނާއި، ނަރަކައިގެ ގިނަ ހިލަތަކުގެ ފިހުމުން ސަލާމަތް ކުރައްވަވާނެއެވެ. ﷲ އަށް ޛިކުރުކުރާ މީހާގެ މައްޗަށް ﷲ ގެ ރަޙްމަތާއި މަލާއިކަތުންގެ ހެޔޮ ދުޢާ ލިބިގެންވާނެތެވެ.
އެއީ މުއްމިން އަޅާގެ އަތުގައިވާ އެންމެ ވަރުގަދަ ހަތިޔާރެވެ. މާތް ﷲ ފަރުޟުކުރެއްވެވި އެންމެހައި އަޅުކަންތަކާއި ޛިކުރުކުރުމާއި ދެމެދުގައި ހަރުދަނާ ގުޅުމެއް ވެއެވެ. ޛިކުރުކުރުމުގެ ތެރޭގައި ސުބްހާނަﷲ، ވަލްޙަމްދުލިﷲ، ވަލާއިލާހައިއްލަﷲ، ވަﷲއަކްބަރު، މިކަލިމަތައް ހިމެނެއެވެ.
މި 10 ދުވަހުގެ ތެރޭގައި ކުރުން އެންމެ ހެޔޮ އިތުރުވެގެންވާ ނުވަތަ އިތުރުކަންބޮޑު އަމަލުތަކުގެ ތެރޭގައި ޛިކުރުކުރުން ހިމެނެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެންެމެ ލޮބުވެތިކަން ބޮޑު ބަހަކީ ޛިކުރެވެ. އެއީ ދުނިޔެއާ އާޚިރަތުގަ އެކަމުން ސަވާބު ލިބޭނެ ކަމެކެވެ."
- މިއަދުގެ ޚުޠުބާއިން -
މި ބަސްތަކަށް ބަލާއިރު ޛިކުރުކުރާ މީޙާ ކުފުރުގެ ނުބައި އަނދަވަޅަށް ވެއްޓުމުންނާއި، ޝައިޠާނާގެ މަޅީގައި ޖެހުމުންނާއި، ނަރަކައިގެ ގިނަ ހިލަތަކުގެ ފިހުމުން ފިހުމުން ސަލާމަތް ކުރައްވަވާނެ ކަަމަށް އޮތުމުން އިންސާނާ އެންމެ އެދޭ ކަންތައްތައް ޛިކުރުކުރުމުން ޙާޞިލުވާކަން އެބަ އެނގެއެވެ.
ހަމައެއާއިއެކު ﷲ އަށް ޛިކުރުކުރާ މީހާގެ މައްޗަށް ﷲ ގެ ރަޙްމަތާއި މަލާއިކަތުންގެ ހެޔޮ ދުޢާ ލިބިގެންވާނެކަން އެނގެން އޮތުމުން އިންސާނާއަށް އެންމެ ބޭނުން ވެގެންވާ ހުރިހާ ކަމެއް ޛިކުރުކުރުމުން ޙާޞިލުވެގެންދާކަން މިވަނީ އެނިގިފައެވެ.