އެހެން ޕާޓީތަކުގަ ތިބި ތިނަދޫ ރައްޔިތުން ވެސް ވޯޓުލާނީ ރައީސް ޔާމީނަށް: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
އެހެން ޕާޓީތަކުގަ ތިބި ތިނަދޫ ރައްޔިތުން ވެސް ވޯޓުލާނީ ރައީސް ޔާމީނަށް: ޑރ. ޝަހީމް
އެހެން ޕާޓީތަކުގަ ތިބި ގދ. ތިނަދޫ ރައްޔިތުން ވެސް ވޯޓުލާނީ ރައީސް ޔާމީނަށް ކަމަށް ބުނެފައިވާ ކަމަށް ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ތިނަދޫގައި މިއަދު ކުރިއަށް ގެންދެވި ދޮރުން ދޮރަށް ވަޑައިގަތުމުގެ ޕްރޮގްރާމަށްފަހު ޑރ. ޝަހީމް ވިދާޅުވެފައިވަނީ ޕީޕީއެމް މެންބަރުންގެ އިތުރުން އެހެން ޕާޓީތަކުގެ މެންބަރުންނާއި ވެސް ބައްދަލު ކުރެއްވި ކަމަށާއި އެ މީހުން ވެސް ވޯޓުލާނީ ރައީސް ޔާމީނަށް ކަމަށް އެމީހުން ބުނެފައިވާ ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ ރައީސް ޔާމީން ވަނީ އެރަށުގައި ވަރަށް ގިނަ މަޝްރޫއުތައް ހިންގަވާފައި ކަމަށާއި އަދި މިހާރުވެސް ގެންދަވަނީ މަޝްރޫއުތައް ހިންގަވަމުން ކަމަށެވެ. އެހެންކަމުން ތިނަދޫގެ ހުރިހާ ރައްޔިތުން ވެސް ޝުކުރުވެރިކަމާއިއެކު އެކަންކަން ބަަލައިގަންނަ ކަމަށް ބައްދަލުކުރެއްވި ރައްޔިތުން ބުނެފައިވާކަމަށެވެ.

ތިނަދޫގެ ބިމަށްވުރެ ބޮޑުބިމެއް ހިއްކައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުން ގެންދިއުން ފަދަ ބައެއް މަޝްރޫއުތައް ޑރ. ޝަހީމް ވަނީ ފާހަގަކުރައްވައިފައެވެ.
މިއަދު އޮންލައިން