އެންމެ އުފާވީހީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޒަމާނުގައި އިތުރު އެކަލޭގެފާނުގެ އަރިއަހުގައި އުޅެވުނު ނަމައެވެ. ނަމަވެސް އެ ފުރުޞަތަކީ ދެން ލިބޭނެ ފުރުޞަތެއް ނޫނެވެ. ނަމަވެސް ﷲ އިރާދަފުޅު ކުރެއްވެވިއްޔާ ކޮންމެވެސް ދުވަހުން އިތުރު މާތް ނަބިއްޔާ (ޞޢވ) އާއި ބައްދަލުވާނެއެވެ.
އެމީހަކު ދުނިޔޭގައި ލައްވަވާނެ ޒަމާން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އެހެންކަމުން އެމީހަކު ދުނިޔެއަށް ފޮނުއްވަވަނީ އެމީހަކަށް އެންމެ ފައިދާކުރާނެ ޒަމާނުގައެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ކަމަކަށް އަމުރުފުޅު ކުރައްވަވައިފިނަމަ ޞަހާބީން އެއްވެސް ބަހަނާއެއް ނުވަތަ އުޒުރެއް ނުދައްކަވަވައެވެ. އިތުރު މާތް ނަބިއްޔާ (ޞޢވ) ކަމަކަށް ޙަދީޘްފުޅު ކުރައްވަވާ އަޑުފުޅު ހަމަ އިވިވަޑައިގަތުމާއިއެކު ބެއްލެވީ އެކަމެއް ކުރެއްވޭތޯއެވެ.
ނަމަވެސް މިއަދު އަހަރެމެން ވެފައި މިވަނީ ކޮންމެ ވެސް އުޒުރެއް ނުވަތަ ބަހަނާއެއް ދައްކާ ބައަކަށެވެ. އެކަމެއް ކުރަން އުނދަގޫވާކަމުގެ ބަސްތައް ބުނާބައަކަށްވެފައެވެ. މާބުރަކަމަށް ނުވަތަ މާ މުސްކުޅިވެއްޖެ ކަމަށް ބުނާ ބައަކަށް ވެފައެވެ.
- މުފްތީ މެންކް