ކިރިތި ޤްރްއާން ހިތުދަސްކުރުމަށްވުރެ މުހިންމީ ތަޖްވީދު މަގަށް ކިޔަން އެނގުމެވެ. އެހެނީ ކީރިތިޤި ޤްރްއާން ހިތުދަސް ކުރުމަކީ ކިތަންމެ މުހިންމު ކަމެއް ނަމަވެސް އެކަން ނުކޮށްގެން ފާފަވެރިއެއް ނުވާނެއެވެ. ނަމަވެސް ތަޖުވީދު މަގުން ކިޔަވަން ނުއެނގި ނުބައިކޮށް ކިޔެވުމަކީ ފާފަވެރިވާނެ ކަމެކެވެ.
ކީރިތި ޤްރްއާން ހިތުދަސް ކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ތަޖުވީދުމަގުން ކިޔަވަން އެގުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ދެކަންތައްވެސް ހަމަ އެހައިމެ މުހިންމެވެ. އެހެންކަމާއިއެކު ވެސް ތަޖުވީދުމަގުން ކިޔަވަން އެނގުމުގެ މުހިންމުކަން ބޮޑުކަން މިފާހަގަކުރަނީ ކުރިން ބުނި ސަބަބަށްޓަކައެވެ.
މި ދެކަންތައް އަޅައި ކިޔުމަކީ ކުރަން މުހިންމު ކަމެއްވެސް ނޫނެވެ. ނަމަވެސް އަޅާކިޔައި ސުވާލުކުރުމުން އަހަރެންނަށް ފެންނަ ގޮތް ނުވަތަ އަހަރެން ބުރަވާ ގޮތް ބުނީއެވެ.
- މުފްތީ މެންކް
(މިއީ މުފްތީ މެންކް އާއި ކުރެވުނު ސުވާލަކަށް ދެއްވާފައިވާ ޖަވާބެކެވެ. މިޖަވާބުން އެނގިގެންދާ އެންމެ މުހިންމު ކަމަކީ ކީރިތި ޤްރްއާނުގެ އަކުރުތައް ކިޔަން އެނގުމުން ނުވަތަ ފަސޭހަކަމާއިއެކު ފަރިތަކޮށް ކިޔަވައިލުމުން ނުފުދޭ ކަމާއި ތަޖުވީދުމަގުން ކިޔަވަން އެނގުމުގެ މުހިންމު ކަމެވެ. އަދި ތަޖްވީދުމަގުން ނުކިޔަވައި ހިތަށް އެރިހައި ގޮތަކަށް ކިޔެވުމަކީ ފާފަވެރިވާނެ ކަމެއް ކަމެވެ.
ހަމައެއާއިއެކު ކީރިތި ޤްރްއާން ހިތުދަސްކުރުމުގެ ނިޔަތް އޮތްނަމަ އެކަމަށް ކުރިމަތިލާންވާނީވެސް ތަޖުވީދު މަގުން ކީރިތި ޤްރްއާން ކިޔަވަން ދަސްކުރުމަށްފަހުގައި ކަމެވެ.)
ގުޅުންހުރި ވީޑިއޯ: