މެންބަރު ސައުދުﷲ އާ ޢަބްދުﷲ ޕީޕީއެމާ ގުޅެން ޑރ. ޝަހީމް ގޮވާލައްވައިފި- އެ ފިކުރުގެ ތެރެއިން ގިނަ ބައަކު ބަދަލުވެއްޖެ: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
މެންބަރު ސައުދުﷲ އާ ޢަބްދުﷲ ޕީޕީއެމާ ގުޅެން ޑރ. ޝަހީމް ގޮވާލައްވައިފި- އެ ފިކުރުގެ ތެރެއިން ގިނަ ބައަކު ބަދަލުވެއްޖެ: ޑރ. ޝަހީމް
ރައްޔިތުންގެ މަޖިލީހުގައި ގދ ތިނަދޫ ތަމްސީލުކުރައްވަމުން ގެންދަވާ 2 މެންބަރުން ކަމަށްވާ ސައުދުﷲ ޙިލްމީ އާއި ޢަބްދުﷲ އަޙްމަދަށް ޕީޕީއެމާ ގުޅެން ޑރ. ޝަހީމް ގޮވާލައްވައިފިއެވެ.

ރައީސް ޔާމީނަށް ތިނަދޫގައި އޮތް ތާއީދު ދައްކައިލުމަށް މިއަދު ހަވީރު ބޭއްވި ބުރަށްފަހު ޑރ. ޝަހީމް ވިދާޅުވީ ތިނަދޫގައި ތިބި "އެ ފިކުރުގެ" މީހުންގެ ތެރެއިން ގިނަ ބައަކު މިހާރު ވެސް ޕީޕީއެމަށް ބަދަލުވެއްޖެ ކަމަށެވެ. މިއަދު ތިނާދޫގެ ގިނަ އަދަދެއްގެ މީހުން ނުކުމެ ދައްކައިދިނީ އެމީހުން ތިބީ ރައީސް ޔާމީނާއިއެކުގައިކަން ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ ސެޕްޓެމްބަރު 23 ގައި ލާ ވޯޓަކީ ޤައުމުގެ މުސްތަޤްބަލް ކަނޑައަޅަން ލާ ވޯޓު ކަމަށެވެ. އަދި އެވޯޓަކީ ޤައުމު ދާނީ ތަރައްޤީ އާއިއެކު ކުރިއަށްކަން ނުވަތަ ހަލަބޮލިކަމާއިއެކު ފަހަތަށްކަން ކަނޑައަޅާ ވޯޓު ކަމަށެވެ.

ޤައުމު ތަރައްޤީ ކުރެވޭނީ ރައީސް ޔާމީނާއިއެކު ކުރިއަށް ދިއުމުން ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.
މިއަދު އޮންލައިން