ޙައްޖު، ޢީދު ދުވަހާ ގުޅޭ ޑރ. އިޔާޟްގެ ބައެއް ޖަވާބު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 46ސ
ޙައްޖު، ޢީދު ދުވަހާ ގުޅޭ ޑރ. އިޔާޟްގެ ބައެއް ޖަވާބު
ޙައްޖު ދުވަހު ރޯދަ ހިފަން ޤަޞްދުކޮށްގެން ހުރި މީހާ ހައްކު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުރަންޖެހޭ ވަކިކަމެއް ނެތެވެ. ނަމަވެސް އުޟްޙިޔާ ކަތިލަން ޤަޞްދުކުރާނަމަ، ހައްޖު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަތިލައި ނިމެންދެން ގައިން އިސްތަށްޓެއް ނުކެނޑޭނެއެވެ. އަދި ނިޔަފަތި ވެސް ނުކެޑޭނެއެވެ.

- ތަކްބީރު ކިޔަންޖެހެނީ ޢީދު ދުވަހުގެ ފަތިސް ނަމާދު ފަހުން ފެށިގެން ހައްޖު މަހުގެ 13 ވަނަ ދުވަހުގެ ޢަޞްރު ނަމާދު ނިމެންދެންނެވެ. މީގެ އިތުރުން ހައްޖުމަހުގެ 1 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް މަގުތަކުގައި ކިޔުންވެސް ސުންނަތް ވެގެންވެއެވެ.

- ހައްޖު ދުވަހު ރޯދަ ހިފަން ނިޔަތް ގަތުމަށް ޙައްޖު ދުވަހު ރޯދަ ހިފަމެވެ. ނިޔަތް ގަތުމުން ފުދޭނެއެވެ.

- ޢަރަފާތު ދުވަހުވެސް މީސްތަކުން ހައްދަން ޝައިޠާނާ މަސައްކަތް ކުރާނެއެވެ.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
މިއަދު އޮންލައިން