މިރޭ ފަތިހު ދުނިޔޭގެ އެންމެން ޙައްޖުގެ ސަވާބު ހޯދި ނަމަވެސް ސުވަރުގެ އިން ޖާގަ ފުރި ގުރުއަތު ލާކަށް ނުޖެހޭނެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
މިރޭ ފަތިހު ދުނިޔޭގެ އެންމެން ޙައްޖުގެ ސަވާބު ހޯދި ނަމަވެސް ސުވަރުގެ އިން ޖާގަ ފުރި ގުރުއަތު ލާކަށް ނުޖެހޭނެ
މާދަމާއަކީ މިއަހަރުގެ ހައްޖު މަހުގެ 9 ވަނަ ދުވަހެވެ. ހައްޖު ދުވަހެވެ. ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުޞަތު މިއަހަރު ނުލިބުނު އެންމެންނަށް ކުރަން އޮތް އެންމެ މަތިވެރި އަޅުކަމަކީ މާދަމާ ރޯދަ ހިފުމެވެ.

ޙައްޖު ދުވަހު ރޯދަ ހިފުމަކީ ފާއިތުވި އަހަރުގައާއި އަދި ކުރިއަށް އޮތް އަހަރުގެ ފާފަތައް ފުއްސަވައިދެއްވަވާނެ ކަމެއް ކަމުގައި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ.

ސުވާލަކީ މާދަމާ އަކީ ޙައްޖު ދުވަސްކަމަށްވާއިރު ތިބާ ތިހުރީ މާދަމާ ރޯދަ ހިފަން ތައްޔާރުވެގެން ހެއްޔެވެ؟ ތިބާގެ ޢާއިލީންނަށް އެކަން ހަނދާންކޮށްދިނިން ހެއްޔެވެ؟ ރައްޓެހިން ގާތު ބުނެ މާދަމާ ރޯދަ ހިފަން ހިއްވަރު ދިނިން ހެއްޔެވެ؟

ހަމަ އެހެން ދުވަސްތައް ފަދައިން މާދަމާއަކީ ﷲ ތަޢާލާގެ ވާގިފުޅާއިއެކު އަމިއްލަ ރަށުގައި ހުރެ ޙައްޖަކާއި އުމުރާއެއްގެ ސަވާބު ހޯދަން ކުރާ މަސައްކަތުން ފަށައިގަނެވިދާނެ ދުވަހެކެވެ. ޖަާއަތުގައި ފަތިސް ނަމާދުކޮށްލައި ކީރިތި ޤްރްއާން ކިޔެވުމާއި ޛިކުރުކުރުން މަތީ ހަމަ ދާދި ކުޑައިރުކޮޅަކު މިސްކިތުގައި މަޑުކޮށްލައިގެންނެވެ.

މިއަދުގެ ނަމާދު ވަގުތަށް ބަލައިފިނަމަ ފަތިސް ވާނީ 4:48 ގައެވެ. އެހެންކަމުން 4:43 ގައި މިސްކިތަށް އެރި ނަމަވެސް "ދުނިޔެ އާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ ﷲ ތަޢާލާގެ ކުރިފުޅުމަތީގައި މުހިންމުކަންބޮޑުވެގެންވާ" ފަތިސް ނަމާދުގެ އިހު ސުންނަތުގެ ދެ ރަކްއަތްވެސް ކުރެވޭނެއެވެ.

މިހާރު ޖަމާއަތް ނިމެނީ 5:15 ހައި އިރުއެވެ. އިރުއަރަނީ 6:01 ގައެވެ. 6:15 ވަރުވުމުން ޟުޙާ ނަމާދުކުރެވޭނެއެވެ. ވީމާ ހައްޖަކާއި އުމުރާއެއްގެ މަތިވެރި ސަވާބު ލިބިގަތުމަށް މިސްކިތުގައި މަޑުކުރަން މިޖެހެނީ ހަމަ އެންމެ 1 ގަޑިއިރުއެވެ.

މިކަންކަމަށް އަމިއްލަފުޅަށް ވިސްނަވާލައްވައި އަމަލުކުރެއްވުން ކީއްތޯއެވެ!
މިއަދު އޮންލައިން