ޑރ. ޝަހީމް މިކަން ކުރެއްވުމުން ޕީޕީއެމްގެ ބައެއް މީހުން ބުނީ މިކަމުންވެސް އެނގެނީ ޑރ. ޝަހީމަކީ ކޮންމެ ކަމެއްވެސް ކުރައްވަން ކެރިވަޑައިގަންނަވާނެ ހިއްޕުޅުގައި އެއްވެސް ބޮޑާކަމެއް ނެތް ބޭފުޅެއް ކަމެވެ.
ސިޔާސީ ނޫން ފަރާތްތަކުން ބުނަނީ ރަނިންމޭޓްގެ އިތުރުން ރާއްޖޭގައި ތިއްބެވި އެންމެ ފުންނާބު އުސް ދީނީ އިލްމުވެރިން މިފަދަ ކަންކަން ކުރެއްވުމަކީ އެބޭފުޅުންގެ ނަޒަރުގައި ލަދުވެތި ކަމެއް ކަމަށެވެ. "ބޮޑެތި ދީނީ ވާހަކަތައް ދައްކަވަމުން މިގޮތަށް އުޅުއްވީމާ އަޅުގަނޑުމެން ހަމަ ވަރަށް ލަދުގަނޭ. މާދަމާ ނައިބް ރައީސަކަށް ހުންނެވި ނަމަވެސް އަލްހާފިޡް ކަމާ ދީނީ އިލްމުވެރިކަން އޮންނާނެ. އެންމެ މަތީގަ އޮންނާނީ އެ ޝަރަފު. ނައިބް ރައީސް ކަމުން ވަކިވެވަޑައިގެންނެވި ނަމަވެސް އަދި ލިބިވަޑައި ނުގެންނެވި ނަމަވެސް ޢިލްމުވެރިކަމުގެ ޝަރަފު ނުގެއްލޭނެ ދެއްތޯ؟"
Thinadhoogai YAG Oih Thaaeedhu Dhekkumah Meehun Evvumah Govamun Dhiyaee @Mohamedshaheem1. Libunee Sihun