ތިނަދޫ ޕީޕީއެމްގެ އޮފީސް މެދުވެރިކޮށް ރައީސް ޔާމީނަށް މެސެޖު ފޮނުވޭނެ: ޑރ. ޝަހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ތިނަދޫ ޕީޕީއެމްގެ އޮފީސް މެދުވެރިކޮށް ރައީސް ޔާމީނަށް މެސެޖު ފޮނުވޭނެ: ޑރ. ޝަހީމް
ތިނަދޫ ރައްޔިތުން ރައީސް ޔާމީނަށް ފޮނުވަން ބޭނުންވާ މެސެޖުތައް ތިނަދޫގައި މިރޭ ހުޅުވި ޕީޕީއެމްގެ އޮފީސް މެދުވެރިކޮށް ރައީސް ޔާމީނަށް ފޮނުވޭނެކަމަށާއި މަޝްވަރާ ވެސް ކުރެވޭނެ ކަމަށް ރަނިން މޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.



ޑރ. ޝަހީމް މިރޭ ވިދާޅުވީ ކޮންމެ ކަމެއްގައިވެސް ގޮތް ނިންމަންވާނީ ޤައުމަށް އެންމެ ފައިދާހުރި ގޮތަށް ބަލައިގެން ކަމަށާއި އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓުދޭންވާނީ ޤައުމަށް އެންމެ ފައިދާހުރި ގޮތަށް ބަލައިގެން ކަމަށެވެ.



ޑރ. ޝަހީމް މިރޭ ދެއްކެވި ވާހަކަފުޅުގައި ވެސް ކުރު މުއްދަތެއްގެ ތެރޭގައި މަތީ ތައުލީމު ޙާޞިލުކުރަން ގިނަ ފުރުޞަތުތަކެއް މިސަރުކާރުން ހޯދައިދީފައިވާ ކަމާއި ރާއްޖޭގައި ތިބެގެން މިހާރު މެޑިސިން ކިޔެވޭކަން ފާހަގަ ކުރެއްވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ ތިނަދޫގައި ހުންނަވާ ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ރައްޔިތުންނާއި ބައްދަލުވާ ކަމަށާއި ބައްދަލުވާ ރައްޔިތުންގެ މޫނުން ފެންނަ ހިނިތުންވުމުން އެމަނިކުފާނުގެ އަޒުމް ދަނީ ދުވަހުން ދުވަހަށް ވަރުގަދަވަމުން ކަމަށެވެ.
މިއަދު އޮންލައިން