އަރަފާތާއި މައްކާގައިގައިވެސް ވައިގެ ބާރުމިން ހުރީ 23 މޭލު ބާރުމިނުގައެވެ.
ރޭ މިނާގެ ބައެއް ސަރަހައްދުތަކަށް އައި ވެލީގެ ޠޫފާނުގެ ސަބަބުން ޢަރަފާތު ބިމަށް ދަތުރު ފެށުން ލަސްވިއެވެ. ރިޕޯޓްތައް ބުނާގޮތުން ޠޫފާނުގެ އަސަރު ފިލުމުން ހައްޖު ވެރިން ވަނީ ސަލާމަތްކަމާއިއެކު މިނާއަށް ދަތުރުކޮށްފައެވެ.
މިއަދުގެ އިރު އޮއްސުމާއިއެކި އަރަފާތު ބިމުގައި މިއަދު ތިބި ހުރިހާ ޙައްޖުވެރިން މުޛްދަލިފާއަށް ދަތުރު ފަށާނެއެވެ. އަދި މުޛްދަލިފާއަށްފަހު އެނބުރި މިނާއަށް ދިއުމަށްވެސް ދަތުރުފަށާނެއެވެ.