ޢިލްމުވެރިންނަކީ ވެރިންނަށާ ރައްޔިތުންނަށް މުންކަރާތްތައް ބަޔާންކޮށްދީ މަނާކުރާ ބައަކަށް ވުމަށް އިމާމް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ޢިލްމުވެރިންނަކީ ވެރިންނަށާ ރައްޔިތުންނަށް މުންކަރާތްތައް ބަޔާންކޮށްދީ މަނާކުރާ ބައަކަށް ވުމަށް އިމާމް ގޮވާލައްވައިފި
އިސްލާމީ އިލްމުވެރިންނަކީ ޤައުމުތަކުގެ، މުޖުތަމައުތަކުގެ ވެރިންނަށާއި ރައްޔިތުންނަށް މުންކަރާތްތައް ބަޔާންކޮށްދީ މަނާކުރާ ބައަކަށް ވުމަށް އިމާމް ގޮވާލައްވައިފިއެވެ.

އިމާމް މިކަމަށް ގޮވާލެއްވެވީ މިއަދުގެ އަރަފާތު ޚުޠުބާ ވިދާޅުވަމުންނެވެ. އިމާމް ވިދާޅުވީ ދީނީ އިލްމުވެރިންނަކީ މުންކަރާތްތައް ބަޔާންކޮށް މަނާކުރާ ބައަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އެއީ ޢިލްމުވެރިން އަދާކުރުން ލާޒިމް ޒިންމާއެއް ކަމަށެވެ.

އިމާމް ވަނީ މުޖުތަމައުގެ ހަމަޖެހުމަށްޓަކައި ވެރިންނަށް ކިޔަމަންވުމުގެ މުހިންމުކަންވެސް ފާހަގަކުރައްވައިފައެވެ. ހަމަ އެއާއިއެކު އިމާމް ވަނީ ވެރިންނަކީ މުންކަރާތްތަކަށް އަރައި ނުގަންނަ، އިސްލާމް ދީނުގެ ޙުކުމްތަކަށް އަމަލުކުރާ އަދި ރައްޔިތުންނަށް އަދުލުވެރި ބައަކަށްވުމުގެ މުހިންމުކަންވެސް ފާހަގަކުރައްވައިފައެވެ.

އިތުރު ތަފްޞީލު އަންނަނީ...
މިއަދު އޮންލައިން