ޙައިޟްވެރިންނާ ނިފާސްވެރިންނަށް ވެސް ބޮޑު ޖަމާއަތުގަ ބައިވެރިވެވޭނެ - އަންހެނުންނާ ކުޑަކުދިންވެސް ޢީދު ނަމާދުކުރުމަކީ ސުންނަތެއް: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ޙައިޟްވެރިންނާ ނިފާސްވެރިންނަށް ވެސް ބޮޑު ޖަމާއަތުގަ ބައިވެރިވެވޭނެ - އަންހެނުންނާ ކުޑަކުދިންވެސް ޢީދު ނަމާދުކުރުމަކީ ސުންނަތެއް: ޑރ. އިޔާޟް
ޢީދު ނަމާދު ކުރުމަށް ޢީދުގެ މައިދާނަށް އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިންވެސް ދިއުމަކީ ސުންނަތެކެވެ.

ޙައިޟް ވެރިންނަށާއި ނިފާސްވެރިންނަށް ވެސް ޖަމާއަތުގައި ބައިވެރިވެވޭނެއެވެ. ބޮޑު ޖަމާއަތުގައި ކުރަނީ ވެސް އެސަބަބަށްޓަކައެވެ.

ޖަމާއަތުގައި ބައިވެރިވި ނަމަވެސް ނަމާދުގައި ބައިވެރިއެއް ނުވެވޭނެއެވެ. ޖަމާއަތުގައި ބައިވެރިވެ ޢީދު އުފަލުގައި ބައިވެރިވެވޭނެއެވެ.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

(ޢީދު ނަމާދުކުރުން ސުންނަތްކަން ގަދަވެގެންވަނީ ބޮޑު ޖަމާއަތް ހަދައި އެކަމަށް ތައްޔާރުކުރާ މައިދާނުގައި ނަމަވެސް ރާއްޖެ އިސްލާމްވީތާ 900 ވަރަކަށް އަހަރުވެފައިވާއިރު ޢީދު މައިދާން ހަދައި ބޮޑު ޖަމާއަތުގައި ޢީދު ނަމާދުކުރަން ފެށީ 2008 ވަނަ އަހަރު ރާއްޖޭގައި އުފެއްދި އިސްލާމިކް މިނިސްޓްރީންނެވެ.



އެމަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވީ އިސްލާމިކް މިނިސްޓަރު ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ އާއި އެއިރުގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ.

އެއަށްފަހު ކޮންމެ އަހަރަކުވެސް މާލެ އާއި ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި ދަނީ މައިދާން ހަދައި ޢީދު ނަމާދުކުރަމުންނެވެ. ބޮޑު ޖަމާއަތް ހަދައި ޢީދު ނަމާދުކުރާ ރަށްތައް ދަނީ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންނެވެ.
މިއަދު އޮންލައިން