"ޖުނުބުވެރިޔާ، ކީރިތި ޤްރްއާނުގެ އާޔަތްތައް ނުހިމެނޭ ޛިކުރުތައް ކިޔެވޭނެ. ޖުނުބު ވެރިޔާއަށް ޙަރާމްވަނީ ކީރިތި ޤްރްއާނުގެ އާޔަތްތައް ކިޔެވުން. ޛިކުރުކުރުން މަނައެއް ނޫން."
ޝައިޚް ޝާފިއު މިމޭރުމުން ވިދާޅުވެފައިވަނީ "ޖުނުބު ވެރިޔާއަށް ނިދާއިރު ކިޔާ ދުޢާ އާއި ނިދަމުން ކިޔުމަށް ސުންނަތުން ސާބިތުވާ ސޫރަތްތައް ކިޔެވިދާނެތޯ؟" މީހަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.
ޢިލްމުވެރިން ވިދާޅުވަނީ މުސްލިމުންނަކީ އަބަދުވެސް ކީރިތި ޤްރްއާނުގެ އާޔަތްތައް ކިޔެވޭނެ ގޮތަށް، ކިޔެވޭނެ ހާލަތުގައި ތިބެންޖެހޭ ބައަކަށްވާތީ އެންމެ ރަނގަޅު ގޮތަކީ ކުޅަދާނަކަން ލިބިގެންވާނަމަ ހިނައިގަނެގެން ނިދުން ކަމަށެވެ. އަދި ޞިއްހަތަށްވެސް އެންމެ ފައިދާހުރި ގޮތަކީ އެއީއެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ އަރިއަހަށް އައި ބައަކު ވަރަށް ޞިއްޙަތު ރަނގަޅުކޮށް ތިބުމުން އެމީހުންގެ ޞިއްޙަތު އެހައި ރަނގަޅީ އެމީހުންނަކީ ހިނައިގަނެގެން ނިދާ ބައަކަށްވުމުން ކަމަށް ޙަދީޘްފުޅު ކުރެއްވެވިކަން ސިޔަރަތުން އެނގެން އެބައޮތެވެ.
މުސްލިމުންނަކީ ޙައިޟު، ނިފާސް ފަދަ އެމީހާގެ ބާރެއް އެކަންކަމުގައި ނުއޮންނަ ކަންކަމުގައި މެނުވީ އަބަދުވެސް ޠާހިރުކަންމަތީގައި ތިބެންޖެހޭ ބައެކެވެ. އެހެންކަމުން މަޤްބޫލު އުޒުރެއް ނެތް ނަމަ ޖުނުބުވެރިޔާއަށް އޮތީ ހިނައިގަނެގެން ނިދުން ކަމަށް އިލްމުވެރިން ބަޔާން ކުރައްވަވައެވެ.
ޢައިޝަތުގެފާނުގެ އަރިއަހުން ރިވާވެގެންވަނީ އިތުރު މާތް ނަބިއްޔާ ޖުނުބުގެ ޙާލަތުގައި އަވަހާރަފުޅުލައްޕަވާނަމަ ވުޟޫ ކުރައްވަވާ ކަމަށެވެ. މިކަމާއި ގުޅިގެން ބައެއް އިލްމުވެރިން ވިދާޅުވެފައިވަނީ އެއީ އެކަމުގައި ވެސް އުންމަތަށް ލުއި މަގެއް ދައްކަވައި ދެއްވެވުމަށް ކުރެއްވެވި ކަމެއް ކަމަށް ޤަބޫލުފުޅު ކުރައްވަވާ ކަމަށެވެ.