ސުންނަތް ވެގެންވާ ރަވާތިބު ނަމާދުތައް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ސުންނަތް ވެގެންވާ ރަވާތިބު ނަމާދުތައް
ސުންނަތްކަން ގަަދވެގެންވާ 12 ރަކްޢަތަކީ:

.1 ފަތިސް ނަމާދުގެ ކުރިން 2 ރަކްޢަތް .2 މެންދުރު ނަމާދުގެ ކުރިން 4 ރަކްޢަތް. .3 މެންދުރު ނަމާދުގެ ފަހުން 2 ރަކްޢަތް.4 މަޣްރިބް ނަމާދުގެ ފަހުން 2 ރަކްޢަތް.5 ޢިޝާ ނަމާދުގެ ފަހުން 2 ރަކްޢަތް
މީގެ އިތުރުން ޢަޞްރު ނަމާދުގެ ކުރިން 4 ރަކްޢަތް، މަޣްރިބް ނަމާދުގެ ކުރިން 2 ރަކްޢަތް، ޢިޝާ ނަމާދުގެ ކުރިން 2 ރަކްޢަތް ކުރުންވެސް ސުންނަތްވެގެންވެއެވެ. އަދި މެންދުރު ނަމާދުގެ ފަހުން 4 ރަކްޢަތް ކުރުން ވެސް ސުންނަތް ވެގެން ވެއެވެ.

-- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ޤިޔާމަތް ދުވަހު ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އާއި ބައްދަލުވުމަށް އެދޭމީހާއަށް އޮތީ ގިނަގިނައިން ސަޖިދަ ކުރުމެވެ. އެހެންކަމުން އެމީހަކަށް ވެވުނުހައި ގިނައިން ސުންނަތް ނަމާދުތައް ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ދީނީ ޢިލްމުވެރިން ބަޔާން ކުރައްވަވައެވެ.
މިއަދު އޮންލައިން