ފިރިމީހާގެ ފަރާތުން މުންކަރާތެއް ފެނިއްޖެނަމަ މަނާކުރުމަކީ އަނބިމީހާ ކުރަންޖެހޭނެ ކަމެއް. އެއީ އަނބިމީހާ އާއި ބެހޭ ކަމެއް: ޑރ. އިޔާާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ފިރިމީހާގެ ފަރާތުން މުންކަރާތެއް ފެނިއްޖެނަމަ މަނާކުރުމަކީ އަނބިމީހާ ކުރަންޖެހޭނެ ކަމެއް. އެއީ އަނބިމީހާ އާއި ބެހޭ ކަމެއް: ޑރ. އިޔާާޟް
ފިރިމީހާގެ ފަރާތުން މުންކަރާތެއް ފެނިއްޖެނަމަ އެކަން މަނާކުރުމަކީ އަނބިމީހާ ކުރަންޖެހޭނެ ކަމެއް ކަމަށާއި އެއީ އަނބިމީހާ އާއި ބެހޭ ކަމެއް ކަމަށް ޑރ. މުޙައްމަދު އިޔާާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

"ޢީދު ކުޅުމުގެ ނަމުގައި ހިލޭ އަންހެނުންގެ ގައަށް ކުލަޖަހާ ކުލަކުޅި ކުޅެން ދިއުން ފިރިމީހާއަށް ހުއްދަވާނެތޯ؟ އަދި އަނބިމީހާއަށް އެކަން ހުއްޓުވުމަށް ނަސޭޙަތް ދޭން ޖެހޭނެތޯ؟ އެއީ ފިރިމީހާ މިބުނަނީ ބެހެވޭ ކަންތަކާ ބެހޭށޭ."

ކަމަށް ބުނެ އިސްލާމް ދީނުގައި މިކަން އޮންނަ ގޮތް ސާފުކޮށް ދެއްވުމަށް އެދުނު މީހަކަށް ޑރ. އިޔާޟް ދެއްވި ޖަވާބަކީ:

"ފިރިމީހާގެ ފަރާތުން މުންކަރާތެއް ފެނިއްޖެނަމަ އެކަން މަނާކުރުމަކީ އަނބިމީހާ ކުރަންޖެހޭނެ ކަމެއް. ވީމާ އެކަމަކީ އަނބިމީހާ އާއި ބެހޭ ކަމެއް. ފިރިމީހާ ކުރަންވީ ކަމަކީ ބެހޭ ކަންތަކާއި ނުބެހޭ ކަންތައް ދަސްކުރަންވީ. އަދި އެފަދަ މުންކަރާތްތަކުން ދުރުހެލިވާންވީ.

ޝައްކެއް ނެތް ގޮތުގައި ދެ ޖިންސުގެ މީހުން އެއްވެގެން ފާާޑުފާޑުގެ ކުޅިވަރު ކުޅެ، ގައިގޯޅިވެ އުޅުމަކީ އެއިގެ ސަބަބުން ނުބައި ފާހިޝް ކަންތައްތަކަށް މަގުފަހިކޮށްދޭނެ ކަމެއް." ކަމަށެވެ.
މިއަދު އޮންލައިން