އުޟްޙިޔާ ކަތިލި ނަމަވެސް އަދި އެހެން ގޮތަކުން ކަތިލި ނަމަވެސް ބަކަރި ކަތިލާއިރު ވަޅި ދައްކައިގެން ނުވާނެ ކަމަށާއި އެއް ބަކައްޓަށް ވުރެ ގިނަ ބަކަރި ކަތިލާނަމަ އެހެން ބަކައްޓަކަށް މަރުވެފައި އޮތް ބަކަރިވެސް އަދި ލޭ ވެސް ދައްކައިގެން ނުވާނެ ކަމަށް ޑރ. މުޙައްމަަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޟް ވިދާޅުވީ ޖަނަވާރަކީވެސް އިހްސާސް ކުރަން އެނގޭ އެއްޗެއް ކަމަށާއި އެހެންކަމުން މިއުޅެނީ ކަތިލަންކަން އަންގައިގެން ނުވާނެ ކަމަށެވެ. ކަތިލަން ބަކަރި ތައްޔާރުކޮށްފައި ވަޅި ނަގަންވާނީ ބަކައްޓަށް ނުފެންނަ ގޮތަށް ކަމަށާއި ނެގުމަށްފަހު ވަރަށް އަވަހަށް ކަތިލައި ނިންމަންޖެހޭނެ ކަމަށެވެ. އެހެެން ކަމުން ކުރިއާލައި ވަޅި ވަރަށް ތޫނު ކުރަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޑރ. އިޔާޟް ވިދާޅުވީ މިކަންކަމަށް ނުބަލައި ކުރާނަމަ އެކަން އެކުރެވެނީ ވަރަށް ގޯސްކޮށް ކަމަށެވެ. "އެއިރުން ކަތިލުމުގެ ކަންކަން އެކުރެވެނީ ހުއްދަވެގެންވާ ގޮތަކަށް ނޫން."
މިކަންކަން ރަނގަޅަށް ނުއެނގޭތީ ނަމަވެސް ބައެއް ގޭގޭގައި މިއަަހަރު އުޟްހިޔާ ކަތިލިއިރު ވެސް މިކަންކަމަށް އެކަށީގެންވާ ސަމާލުކަން ނުދެވޭކަން ފާހަގަކުރެވެއެވެ.