ކަރަންޓާ ފެނުގެ ޚިދުމަތް ކަނޑާލުން ހުއްދަތަ؟ - ދަރަންޏެއް އޮތް ނަމަވެސް މީހެއްގެ އިންސާނީ ޙައްޤެއް ކަނޑައެއް ނުލެވޭނެ: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ކަރަންޓާ ފެނުގެ ޚިދުމަތް ކަނޑާލުން ހުއްދަތަ؟ - ދަރަންޏެއް އޮތް ނަމަވެސް މީހެއްގެ އިންސާނީ ޙައްޤެއް ކަނޑައެއް ނުލެވޭނެ: ޝައިޚް ޢަލީ ޒައިދު
ދަރަންޏެއް އޮތް ނަމަވެސް މީހެއްގެ އިންސާނީ ޙައްޤެއް ކަނޑައި ނުލެވޭނެ ކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒައިދު ވިދާޅުވީ މުސްލިމުންނަކީ ﷲ ގެ ޙަޟްރަތުގައި ޤަދަރު އުފުލިގެންވާ ބައެއް ކަމަށާއި ދަރަންޏެއް އެބައޮތް ކަމަށް ބުނެ ބޭނުންހައި ގޮތެއް ހެދިގެން ނުވާނެ ކަމަށެވެ. އަދި ދަރަންޏެއް އޮތް ނަމަ ދަރަނި އަދާކުރުމަށް ބާރުއަޅާނީ ޚިދުމަތް ކަނޑާނުލައި އެހެން ގޮތްގޮތުން ކަމަށެވެ.

"ބައެއް މީހުން ސުވާލުކުރާތީ ދަންނަވަމެވެ. ދަރަންޏެއް އޮތް ނަމަވެސް މީހެއްގެ އިންސާނީ ޙައްޤެއް ކަނޑައެއް ނުލެވޭނެއެވެ. މުސްލިމުންނަކީ ﷲ ގެ ޙަޟްރަތުގައި ޤަދަރު އުފުލިގެންވާ ބައެކެވެ. ބޭނުންހައި އެއްޗެއް ދަރަންޏެއް އެބައޮތޭ ކިޔާފައި ހެދިގެން ނުވާނެއެވެ. ދަރަނި އަދާކުރުމަށް ބާރުއަޅާނީ އެހެން ގޮތް ގޮތުން."


މިއަދު އޮންލައިން