ސޯޝަލް މީޑިއާގަ ތިބާއާމެދު ފަތުރާ ދޮގު ވާހަކަތަކަށް ކަންބޮޑުވެ ނިދި ނަގާލުމުގެ އެއްވެސް ބޭނުމެއް ނެތް: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ސޯޝަލް މީޑިއާގަ ތިބާއާމެދު ފަތުރާ ދޮގު ވާހަކަތަކަށް ކަންބޮޑުވެ ނިދި ނަގާލުމުގެ އެއްވެސް ބޭނުމެއް ނެތް: މުފްތީ މެންކް
ސޯޝަލް މީޑިއާތަކުގައި ތިބާ އާއިމެދު ފަތުރާ ދޮގުވާހަކަތަކަށް ވިސްނަން ނިދި ނަގާލުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

މެންކް ވިދާޅުވީ ސޯޝަލް މީޑިއާގައި ތިބާ އާއި ދެކޮޅަށް ފަތުރާ ވާހަކަތަކަށް ކަންބޮޑުނުވެ އުޅެން ދަސްކުރުމަށެވެ. އަދި އެފަދަ ކޮމެންޓްތަކަށް ޖަވާބުވެސް ނުދިނުމަށެވެ.

މީހުން ފަރުދާގެ ފަހަތުގައި ފިލައި ތިބެ އެމީހުންގެ ކަންބޮޑުވުންތައް ހާމަކުރާނެ ކަމަށާއި އެފަދަ ކަންކަމުގެ ސަބަބުން އެހެން މީހުންނަށްވުރެ ބޮޑަށް އެކަންކުރާމީހުން ފަތުރާ ހަޤީޤަތެއް، އަސާސެއް ނެތް ވާހަކަތަކުން އެމީހުންގެ ހަޤީޤަތް ބުނެދޭނެ ކަމަށްވެސް މެންކް ވަނީ ވިދާޅުވެފައެވެ.

"ސޯޝަލް މީޑިއާގައި ތިބާ އާއި ދެކޮޅަށް ފަތުރާ ވާހަކަތަކަށް ކަންބޮޑުނުވެ އުޅެން ދަސްކުރާށެވެ. އަދި އެފަދަ ކޮމެންޓްތަކަށް ޖަވާބުވެސް ނުދޭށެވެ.

މީހުން ފަރުދާގެ ފަހަތުގައި ފިލައި ތިބެ އެމީހުންގެ ކަންބޮޑުވުންތައް ހާމަކުރާނެއެވެ. އެހެން މީހުންނަށްވުރެ ބޮޑަށް އެބައިމީހުން ފަތުރާ ހަޤީޤަތެއް، އަސާސެއް ނެތް ވާހަކަތަކުން އެމީހުންގެ ހަޤީޤަތް ބުނެދެއެވެ. އެކަންކަމަށް ވިސްނަން ނިދި ނަގާލުމުގެ އެއްވެސް ބޭނުމެއް ނެތެވެ."


މިއަދު އޮންލައިން