ބޮޑުވުމުން އަމިއްލައަށްވެސް ޢަޤީޤާ ކަތިލެވޭނެ - މަރުވެފައިވާ މައިންބަފައިންނަށް ކަތިލާފައި ނުވާނަމަ ދަރިންނަށް ކަތިލެވޭނެ: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ބޮޑުވުމުން އަމިއްލައަށްވެސް ޢަޤީޤާ ކަތިލެވޭނެ - މަރުވެފައިވާ މައިންބަފައިންނަށް ކަތިލާފައި ނުވާނަމަ ދަރިންނަށް ކަތިލެވޭނެ: ޑރ. އިޔާޟް
އެކަމުގެ މުހިންމުކަން ނުއެނގޭތީ ނަމަވެސް ނުވަތަ އެހެންވެސް ސަބަކާއިހުރެ ޢަޤީޤާ ކަތި ނުލައިވާނަމަ މައިންބަފައިންނަށްޓަކައި ދަރިންނަށް ޢަޤީޤާ ކަތިލެވިދާނެއެވެ.

"މަރުވެފައިވާ މައިން ބަފައިންގެ މަތިން ޢަޤީޤާ ކަތިލެވިދާނެތޯ؟" މީހަކު ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ "އެމީހުންގެ ޢަޤީޤާ ކަތިލާފައި ނުވާނަމަ ކަތިލެވިދާނެ" ކަމަށެވެ.

"އުފަންވުމުން ޢަޤީޤާ ކަތިނުލެވުނީ މާލީ ޙާލަތު ހުރި ގޮތުން އަދި ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ނުއެނގޭތީ ކަމަށްވެފައި އެ ކުއްޖާ ބޮޑުވެ އަމިއްލަ ދިރިއުޅުމުގައި ޢަޤީޤާ ކަތިލެވިދާނެތޯ އަދި އެއީ ސުންނަތް ކަމެއްތޯ؟" ކުރި ސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ "އަމިއްލައަށް ކަތިލި ނަމަވެސް ސުންނަތް ޙާޞިލުވީ ކަމަށެވެ.
މިއަދު އޮންލައިން