"ބާތުޑޭ، އެންވަރސަރީ، ވެލެންޓައިންސްޑޭ ކޭކު އަޅައިގެން ލިބޭ ލާރި ޙަލާލުވާނެތޯ؟" މީހަކު ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ
"އިސްލާމް ދީނުގައި ހުއްދަ ނުކުރާ ކަމެއް ކުރުމަށް ހިއްވަރުދީ، ނުވަތަ އެފަދަ ކަމަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ރަނގަޅު ކަމެއް ނޫން. އަދި އެފަދަ ކަމެއް ކޮށްގެން ލިބޭ އާމްދަނީވެސް ރަނގަޅެއް ނޫން." ކަމަށެވެ.
ޑރ. އިޔާޟްގެ މި ބަސްފުޅުން އެނގެނީ ކޭކު އެޅުމުގެ އިތުރުން އެފަދަ ހަފްލާތައް ބޭއްވުމަށް މަގުފަހިކޮށްދޭން ކުރާ ކޮންމެ ކަމަކުން ލިބޭ އާމްދަނީވެސް ރަނގަޅު ނޫން ކަމެވެ. އެފަދަ ކަމަކަށް ބާއްވާ ހަފްލާތައް ޒީނަތްތެރިކޮށްދިނުމާއި ކާބޯތަކެތި ތައްޔާރުކޮށްދީގެން ފަދަ ކަންކަމުން ލިބޭ އާމްދަނީވެސް ރަނގަޅު ނޫން ކަމެވެ.