ފަތިސް ނަމާދަށް ހޭލަން އެދޭމީހާ ކުރުސި ކިޔައިގެން ނިދުން ކިތަންމެހައިވެސް މުހިންމެވެ. ކަން މިހެން އޮތް ނަމަވެސް މިހާރަކަށް އައިސް ނިދުމުގެ ކުރިން ކުރުސި ކިޔުމަކީ ވަރަށް ގިނަ ބައަކު ވަރަށް ބޮޑަށް ފަރުވާކުޑަކުރަމުން އަންނަ ކަމެކެވެ. ނިދަން އޮށޯވެ ޝަހާދަތް ކިޔަން އިސްކަންދޭ ފަދައިން ކުރުސި ކިޔަންވެސް އިސްކަން ދިނުމަށް ގަދައަޅައި އިލްތިމާސް ކުރަމެވެ.
ނިދަމުން ޝަހާދަތް ކިޔަން އިސްކަންދޭންޖެހޭ ސަބަބެއް ކަމަށް ބަލަނީ ނިދީގައި މަރުވެދާނެ ކަމަށްޓަކައެވެ. އެހެންކަމުން ދުލުން އެންމެ ފަހުން ކިޔޭ އެއްޗަކީ ޝަހާދަތް ކަމުގައި ހެދުމެވެ. މިއީ ހުރިހާ ގޮތަކުން ވެސް ވަރަށް މުހިންމު ކަމެކެވެ.
ނިދަނީ މަރުވުމަށް އުންމީދުކޮށްގެނެއް ނޫނެވެ. އަނެއް ދުވަހު ﷲ ތަޢާލާގެ ވާގިފުޅާއިއެކު ހޭލެވޭނެ ކަމުގެވެސް އުންމީދުގައެވެ. އެއުންމީދުކުރާ މީހާގެ އެންމެ ފުރަތަމަ އުންމީދަކަށް ވާންޖެހޭނީ ފަތިސް ނަމާދުކުރުމެވެ. ﷲ ތަޢާލާ
ނިދުމުގެ ކުރިން ކުރުސި ކިޔުމުގެ މުހިންމުކަން ބޮޑުވާ ދެ ސަބަބެއް ފާހަގަކޮށްލާނަމެވެ. ފުރަތަމަ ސަބަބަކީ ނިދީން ހޭލަންދެން ޝައިޠާނާގެ ކިބައިން މިހާ ހިމާޔަތް ކޮށްދެއްވަވާނެ މަލާއިކަތުން ﷲ ތަޢާލާ ލައްވަވާނެ ކަމެވެ.
ދެވަނަ ސަބަބަކީ އެމީހާގެ ހިމާޔަތުގައި މަލާއިކަތުން ތިއްބެވިނަމަ އިބިލީހަށް ކަންފަތަށް ކުޑަކަމު ދިއުމަކީ ކުރެވޭނެ ކަމެއް ނޫން ކަމެވެ. އިބިލީސް ކަންފަތަށް ކުޑަކަމު ދިއުމުން ފަތިސް ނަމާދަށް ހޭލަން ހުރަސް އެޅެއެވެ. އެހެންކަމުން އެ ހުރަހުން ސަލާމަތްވެ ފަތިސް ނަމާދުކުރުމަށް މަގުފަހިވާ ސަބަބަކަށްވެސް ކުރުސިކިޔުން ވެގެންދެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -