ޕީރިއަޑްގެ މުއްދަތަކީ 15 ދުވަސް ކަމަށާއި އެއިގެފަހުން އެއްޗެއް އައި ނަމަވެސް ހިނައިގަނެގެން ހުރެ ނަމާދުކުރެވޭނެއެވެ.
މިކަން އެނގިގެންދަނީ މިފަދަ ކަމަކާއި ގުޅގެން މީހަކު ކޮށްފައިވާ ސުވާލަކަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވާފައިވާ ޖަވާބަކުންނެވެ.
"ޕީރިއަޑް މުއްދަތު، 15 ދުވަސް ހަމަވެ ހިނައިގަތްތާ 4 ވަރަކަށް ދުވަސް ފަހުން، ބްރައުން ކުލައިގެ އެއްޗެއް އައީ. އެ އެއްޗެތި އައުން ހުއްޓުނީމަ ހިނައިގަންނަން ޖެހޭނެތޯ؟ އަދި އެދުވަސްވަރު ޖިމާޢުވުން ހުއްދަވާނެތޯ؟"
މިސުވާލުގެ ޖަވާބުގައި ޑރ. އިޔާޟް ވިދާޅުވެފައިވަނީ:
"15 ދުވަސްވީމާ ޕީރިއަޑްގެ މުއްދަތު ހަމަވީ. ދެން ހިނައިގަނެގެން ނަމާދުކުރާނީ. އެއިގެފަހުން ބްރައުން ކުލައިގެ އެއްޗެއް އައި ނަމަވެސް ނަމާދުކޮށް ހަދަންޖެހޭނެ. އަދި ޖިމާޢުވެސް ވެވޭނެ. އަދި އެތަކެތި އައުން ހުއްޓުނީމާ އަލުން ހިނައިގަންނާކަށް ނުޖެހޭނެ." ކަމަށެވެ.