ރާއްޖޭގައި މިހާރު ތިބީ ބަރާބަރު ކިތައް މުސްލިމުން؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ރާއްޖޭގައި މިހާރު ތިބީ ބަރާބަރު ކިތައް މުސްލިމުން؟
ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވަނީ "ބަރާބަރަށް ނަމާދުކޮށްފައި ނުވާނަމަ ފުރިހަމަ މުސްލިމަކަށް ނުވާނެ ކަމަށާއި އޮތީ އަލުން ޝަހާދަތް ކިޔައި އިސްލާމްވުން" ކަމަށެވެ. އެހެންކަމަށްވާއިރު ރާއްޖޭގައި މިހާރު ތިބީ ބަރާބަރު ކިތައް މުސްލިމުން ކަމާއިމެދު ސުވާލު އުފެދޭ ނޫންތޯއެވެ؟

"ނުބައިކޮށް އުޅުނު ދުވަސްވަރުވެސް ޤަވާއިދުން ނުކުރެވުނު ނަމަވެސް ރޯދަވެސް ހިފައި ނަމާދުވެސް ވާނީ ކުރެވިފައި. އެހެންވީމާ ދެން ހަދާނީ ކިހިނެއްތޯ؟ އަލުން އިސްލާމްވާން ޖެހޭނީތޯ؟"

މި ސުވާލުގެ ޖަވާބުގައި ޑރ. އިޔާޟް ވިދާޅުވެފައިވަނީ ބަރާބަރަށް ނަމާދުކޮށްފައި ނުވާނަމަ ފުރިހަމަ މުސްލިމަކަށް ނުވާނެ ކަމަށާއި އޮތީ އަލުން ޝަހާދަތް ކިޔައި އިސްލާމްވުން ކަމަށެވެ.

ނަމާދަށް ފަރުވާތެރިވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނަމާދު ނުކުރުމަކީ އަލުން ޝަހާދަތްކިޔައި އިސްލާމްވާންޖެހޭ ކަމެއްކަން ދީނީ ޢިލްމުވެރިންގެ މިފަދަ ބަސްފުޅުތަކުން އެނގެމުންދާއިރު ނަމާދުކުރުމަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރަން ކުރަންޖެހޭ މަސައްކަތްތައް "މެކްހަށް" ޖަހާފައިވާކަން ގިނަ ބައަކު ފާހަގަކުރެއެވެ.

"ނަމާދުކުރާއިރު ސަޖިދައިގައި ދުޢާ ކުރާނީ ކޮން ގޮތަކަށްތޯ؟ ސަލާމް ދިނުމުގެކުރިން ދުޢާކުރާނީ ކޮން ގޮތަކަށްތޯ؟" ކޮށްފައިވާ ސުވާލުގެ ޖަވާބުގައި ޑރ. އިޔާޟް ވިދާޅުވީ "ނަމާދުތެރޭގައި ވީމާ ދުޢާކުރަންޖެހޭނީ ޢަރަބިބަހުން ކަމަށްވާތީ ނަމާދުތެރޭގައި ދުޢާކުރާއިރު ކުރަންވާނީ ޢަރަބި ބަހުން ދަސްވެފައިވާ (ޢަރަބި ބަހުން ކިޔަން ހިތުދަސް) ދުޢާ" ކަމަށެވެ.
މިއަދު އޮންލައިން